ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕްރީމް ކޯޓްގެ ހުކުމުން ރައީސް ޔާމިންގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއްކަން ހާމަވޭ: ޝިފާގު

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ހުކުމް ކުރެއްވި ފަނޑިޔާރުންނަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދެއްކެވި ވާހަކަތަކުން ވެސް އެނގެނީ ޖުޑިޝަރީގެ ތެރެއަށް ސަރުކާރުން އަތް ބޭނުމަށް ކުރަމުންދާ މަސައްކަތްތަށްކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.

ރޭގެ ސަންގު ޓީވީގެ “ހަބަރަށްފަހު” ގައި ވާހަކަދައްކަވަމުން ޝިފާގު ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ރައުޔުއިން ވެސް ރައީސް ޔާމީން ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމްތެއްކަން ހާމަވާ ކަމަށެވެ.

ޝިފާގު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މި މައްސަލައާއި އިންޑިއާ އައުޓްގެ މައްސަލައާއި ގުޅުވައިގެންވެސް ބިރު ދެއްކުމުގެ އަމަލު ތަކެއްވެސް ސަރުކާރުން ހިންގާ ކަމަށެވެ. މިގޮތުން އިންޑިއާ އައުޓްގެ މަސައްކަތްތަށް ނުހުއްޓައިފި ނަމަ ރައީސް ޔާމީންގެ ޝަރީއަތްތަށް ރަގަނޅަށް ނުދާނޭކަމަށް ބުނެ ސަރުކާރުގެ މެމްބަރުން ވާހަކަ ދެއްކިކަމަށް ޝިފާގު ވިދާޅުވި އެވެ. މި ކަންތައްތަކުގެ ސަބަބުން ދޭހަ ވަނީ ސަރުކާރުން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނާފައިވާ މިންވަރުކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ބޮލުގައި އަޅުވަމުންދާ ހުރިހާ ތުހުމަތުތަކަކީވެސް އިންޑިއާ އައުޓްގެ މަސައްކަތްތަށް ހުއްޓުވުމަށް އެމަނިކުފާނަށް ބިރުދެކުމައްޓަކާ ބޭނުންކުރާ އުކުޅުތަކެއްކަށް ދޭހަވާފަދަ މޭރުމަކުން ޝިފާގު ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ޝިފާގު ވަނީ ރައީސް ޔާމީނަކީ ހިތްވަރުގަދަ މިގޮތަށް ދައްކާހާ ބިރަކަށް ފަސް ނުޖެހޭނޭ ބޭފުޅެއްކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެމަނިކުފާނު އިސްކަން ދެއްވަނީ ގައުމުގެ މިނިވަންކަމާއި މަސްލަހަތައްކަމަށް ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ނަމަ ފަނޑިޔާރުންނަކީ އެއްވެސް ބައެއްގެ ނުފޫޒް ފޯރުވޭނޭ ބައެއް ނޫނެވެ. ނަމަވެސް މަޖިލީހުގައި އެކިއެކި މެމްބަރުންގެ މެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން އެގެނީ ރައީސް ޔާމީނަށް ސަރުކާރުން އެދޭފަދަ ހުކުމެއް ނީއްވައިފި ނަމަ ފަޑިޔާރުން މަގާމުން ވަކިކުރުމަށްވެސް އިންޒާރު ދީފައިވާކަމެވެ. މިހުރިހާ ކަމެއްވެސް ކުރެވެމުންދަނީ ހިތުހުރި ގޮތަކަށް، ސަރުކާރުން އެއްގި ގޮތަކަށް ގާނޫން އަސާސީ އަށް ބެލުމެއް ނެތި ކަމުގައިވެސް ޝިފާގު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން އެކިއެކި ކޯޓުގައި ތިބި ފަނޑިޔާރުން ވަކިކޮށް އެ މަގާމުތަކަށް އައްޔަން ކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށްވެސް ޝިފާގުވަނީ ތުހުމަތު ކުރައްވާފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން އެމަނިކުފާނުގެ ހުކުމް ބާތިލު ކުރުމުން އޭރު އެމްޑީޕީން ބުނީ އޭގެއިން ވެސް އެނގެނީ މި ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މަޖުބޫރު ނުކުރާކަން ކަމަށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންނަށް ޗުއްޓީ ދިނުމާއި ބެހޭ ބިލުގައި، ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރީތީ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެ، އެ ހުކުމަށް ވާސިލުވި ގޮތާއި މެދު ސުވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: