ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާގެ ޑިފެންސް ސެކްރެޓެރީ ރާއްޖެ ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ހިސް އެކްސަލަންސީ އަޖޭކުމާރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި ޑިފެންސް ސެކްރެޓަރީ އަރިހުގައި އިންޑިއާ އަސްކަރިއްޔާގެ އިސްވަފުދެއްވެސް ރާއްޖެއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި އިންޑިއާޔާ ދެމެދު ބާއްވާ “ޑިފެންސް ކޯޕްރޭޝަން ޑައިލޮގް” އާއި ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ރާއްޖޭގައި އަދި އަނެއްއަހަރު އިންޑިއާގައި ބާއްވަމުންގެންދަވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މި ވަފުދުގެ އިސްބޭފުޅުން ވަނީ މިނިސްޓްރީ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރަށްވާފައެވެ. އަދި ޑިފެންސް މިނިސްޓްރީއާއި ބޭއްވި ޑިފެންސް ކޯޕްރޭޝަން ޑައިލޮގްގައި، އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ކަންތަކާ  މެދު ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން ހުރަވީ (އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް) ރީފިޓް ކުރުމަށްފަހު މިއަދު ހަވީރު ހުޅުމާލެ އުޅަނދުފަހަރު ބަނދަރުކޮށްފައިވާ ސަރަހައްދުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފްއާއި ވަނީ ހަވާލުކުރެވިފައެވެ. އަދި މިރަސްމިއްޔާތުގައި އިންޑިޔާގެ އަސްކަރިއްޔާގެ ވަފުދުގެ ބޭފުޅުން ބައިވެރި ވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިސްއެކްސެލެންސީ އަޖޭ ކުމާރެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް އިބުރާހިމް ހިލްމީ ވަނީ ކޯސްޓްގާޑްޝިޕް ހުރަވީގެ “ޕްލަކް” އެއް އިންޑިޔާގެ ޑިފެންސް ސެކްރެޓަރީއަށް ހަދިޔާ ކުރައްވާއިފައެވެ. އިންޑިއާގެ ޑިފެންސް ސެކްރެޓެރީ ވަނީ ރަސްމިއްޔަތުގެ ފަހުން ހުރަވީ ބައްލަވާލައްވާފައެވެ. އަދި ޝިޕް ހުރަވީގެ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވަފައެވެ.

2006 ވަނަ އަހަރު ރާއްޖެގެ ކޯސްޓްގާޑަށް ހަދިޔާ ކުރެއްވި ހުރަވީގެ ރީފިޓް މަސައްކަތުގައި އިންޑިއާ ސަރުކާރުގެ އެހީ ވަރަށް ބޮޑަށް ލިބިފައިވެއެވެ. މިގޮތުން އިންޑިޔާގެ ވިސާކަޕަންޓްނާމް ނޭވަލް ޑޮކްޔާޑުގައި ކޮންމ،ެ ދެ އަހަރުން އެއްްއަހަރު ޝިޕް ހުރަވީގެ ރީފިޓް  މަސައްކަތް ކުރެވެމުންދެއެވެ. އެންމެ ފަހުން ކުރެވުނީ، ޝިޕްގެ ހަލް އާއި ޓޭންކުތަކާއި ކީމްއޭރިޔާގެ މަރާމާތުކުރުމާއި. ޕްރެޝަރ ޓެސްތު ކުރުމާެއި ފައިނަލް ޕެއިންޓް ގެ މަސައްކަތެވެ. މީގެ އިތުރުން ޝިޕްމަންޓްތައް އަޕްގުރޭޑު ކުރުމުގެ މަސައްކަތްތައްވެސް ކުރެވިފައިވެއެވެ.

އިންޑިޔާގެ މި ވަފުދުގެ ދަތުރުގައި، އިންޑިޔާ ސަރުކަރުގެ އެހީގައި ޅ. މާފިލަފުށީގައި ޤާއިމު ކޮށްފައިވާ ކޮންޕޮސިޓް ޓްރޭނިންގް ސެންޓަރަށް ޒިޔާރަތްކުރުންވަނީ ހަމަޖެހިފައެވެ. އަދި އިންޑިޔާ ސަރުކަރުގެ އެހީގައި ހަދަމުންދާ ކޯސްޓްގާޑް ބިލްޑިންގެ މަސައްކަތްތައް ކުރިޔަށްދާގޮތްވެސް ބެލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުޑީސީ)، އަދި ސިފަވަރަށް ޒިޔަރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: