ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖެއަށް އެކަމުން އަސަރުކުރާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ އާއި ޔޫކްރައިންގެ މައްސަލާގައި ދެ ގައުމުގެ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ، އެކަމުގެ ސަބަބުން ރާއްޖެއަށްވެސް އަސަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އަންނަ ދެ ގައުމުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިން ހިމެނޭ ކަމަށާއި އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކާ ކުރިމަތިވާނެކަމަށެވެ. އަދި އެކަމާ ސަރުކާރުން ވިސްނުން ގެންގުޅެންޖެހޭކަން ފާހަގަކުރެއްވިއެވެ.

ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ދިވެހި ސަރުކާރުން މިއަދު ވަނީ އަންގައިފަ އެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެންގި އެވެ.

އެ ގައުމުގައި މިހާރު ތިބި ދިވެހިން، ޔުކްރެއިނާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން، ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް އެ މިނިސްޓްރީން މިއަދު ވަނީ އަންގައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: