ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ޝަރީއަތް ލައިވް ކުރުމަށް: ވަކީލުން

ރައީސް ޔާމީން މިނިވަންވެ ގެއަށް ވަޑައިގެންނެވުމާއި ހަމައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޯށްދީފައެއްނުވޭ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ވ. ފުއްގިރީގެ މައްސަލައިގެ ދައުވާގައި އެމަނިކުފާނުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު، އެ މައްސަލަ ލައިވް ކުރުމަށް ކޯޓުގައި އަނެއްކާވެސް އެދިއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދު ކުރިޔަށް ގެންދިޔައީ ވ. އާރަށުގެ މައްސަލަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ ޝަރީއަތް ވެސް ފެށުމާއި އެކު، ޑރ. ޖަމީލްގެ ކުރެއްވި ސުވާލުގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް މީޑިއާތަކުން ކޯޓަށް ހުށައަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކޯޓުން އެކަމަށް ނިމިފައިވާ ގޮތެއް އަންގަވައި ދެއްވުމަށް އެދޭކަމުގައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ދައުވާގެ ތާވަލަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާ ކަމަށާއި އެކަން ލިޔުމުން ހުށައާޅެ ކަމުގައިވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ސުވާލުގެ ޖަވާބުގައި މައްސަލަ ބައްލަވާ ފަނޑިޔާރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތް ލައިވް ކުރުމަށް ބޭނުންވާ މީހުން ހޯދުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކޯޓުން އަންނަނީ ކުރަސމުން ކަމުގައެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނެފައި ވަނީ އެކަށޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރެވެން ނެތް ކަމަށާއި ނަމަވެސް ލައިވް ނުކުރެވުނަސް ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: