ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރުމަށް އިންތި ފޯމް ހުށަހަޅުއްވައިފި

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޯމް ހުށައަޅުއްވައިފި އެވެ.

އެޕްރީލް، 16 ގައި ބާއްވާ އިންތިހާބުގައި އިންތި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. މި ދެ ބޭފުޅުން މި ނުކުންނެވީ އެމްޑީޕީގެ ތެރޭގެ ހިޔާލުތަފާތުވުންތަކުން އުފެދިފައި އޮތް ދެ ފެކްޝަނުންނެވެ.

އިންތި ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

އިންތި ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައި ވަނީ ވެސް އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިންތި ވަނީ ޕާޓީގެ އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. އޭގެތެރޭގައި ޕާޓީގެ އެންމެ އިސް ތަރުޖަމާންގެ މަގާމް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: