ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިފާއީ ހެކި ހުށައެޅުމަށާއި ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހެކި ހުށަހެޅުމަށް، އިތުރު ވަގުތު ބޭނުންވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައިި ހިމެނޭ މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލު ކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން މައްސަލައިގައި ހުށައަޅަންޖެހޭ ދިފާއީ ހެކި ދިރާސާ ކުރުމަށާއި ހެކި ހުށައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމުގައި ބުނެފައިވެ އެވެ.

ރައިސް ޔާމީންގެ ޝަރީއަތަށް ބޭނުންވާ ދިފާއީ ހެކި ހުށައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މިއަދުގެ އަޑު އެހުމުގައި ބުނުމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އެކަމަށް އިޖާބަ ދެއްވައި އެމުހުލަތު ދެއްވަމުން ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވައިފައިވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދެން އަޑުއެހުމެއް އޮންނާނީ މިއަންނަ މާޗް މަހުގެ 6 ވަނަދުވަހު ކަމުގައި އިއުލާން ކުރައްވާފައެވެ.

އަދި ވ. އާރަށުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތެއް ކަމުގައިވާ ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުން ހާމަކުރި ގޮތުގައި މައްސަލައިގައި ކުރާ ދައުވާއަކީ މައްސަލައާއި ގުޅުމެއް ނެތް މުއާމަލާތް ތަކެއްކަމަށާއި އެ ދައުވާގައި ދައުލަތުން ޔޫސުފް ނައީމާއި ދެކޮޅަށް ހުށައަޅާފައިވާ ހެކިތަކަކީ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފު ހެކިތަކެއް ކަމުގައެވެ. އަދި ހުށައަޅާފައިވާ ދައުވާގައި ހިމެނޭ މުއާމަލާތަކީ މައްސަލައާއި އެއްވެސް ގުޅުމެއްނެތް މުއާމަލާތެއް ކަމުގައެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މައްސަލަ އަށް ޖަވާބުދާރީ ވުމަށް އެއްމަސްދުވަހުގެ މުހުލަތެއްބޭނުން ވާކަމުގައި ދެންނެވިއެވެ.

ޖަވާބުގައި ގާޒީ ދެންނެވީ ދެން އަންނަ ޝަރީއަތުގެ އަޑުއެހުމަކަށް ހެކި ހުށައެޅުމަށް ވިހި ވަރަކަށް ދުވަސް ލިބިގެންދާއިރު ދިފާއީ ހެކި ހޯދުމާއި ހެކި ދިރާސާ ކުރުމަށް ލިބޭ ވަގުތުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި އެހެން ކަމުން ދެން އަންނަ އަޑުއެހުމަކަށް ހެކި ހުށައަޅަން ތައްޔާރުވެ ތިބުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވ.އާރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވާ ކަމަށް ކުރެވޭ ދައުވާ އާއި ޖަމާވި ފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: