ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިހާބު: ޕީޖީ ލީޑަރަކަށް އަސްލަމްތަ ނުވަތަ އާޒިމްތަ؟

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބު މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު ޕީޖީ ގުރޫޕުގެ ލީޑަރ ކަމުގެ މަގާމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މިހާރު ވެސް ޕީޖީ ލީޑަރުގެ މަގާމް ފުރުއްވަމުން ގެންދަވާ އަލީ އާޒިމްއާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ނިކުންނަވައިފިއެވެ.

އަސްލަމް އާއި އާޒިމް އަކީ އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައި އޮތް ދެ ފެކްޝަނުން ކުރިމަތިލާ ދެބޭފުޅުންނެވެ. އެގޮތުން އާޒިމްއަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ ބޭފުޅަކަށްވާއިރު އަސްލަމް ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

ޕީޖީގެ އިންތިހާބު 2019 ގައި އެންމެ ފަހުން ބޭއްވިއިރު، ލީޑަރަކަށް ކުރިމަތިލެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ޕީޖީ ގުރޫޕްގެ ދެ ނައިބުންނަށް ކުރިމަތިލެއްވީ އެ މަގާމުގައި ދެމިތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލައްވައި ހޮވިވަޑައިގަތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

ދެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އަނދުން ހުސައިންގެ އިތުރުން އިލްޔާސް ލަބީބް މަގާމު ދިފާއުކުރައްވަން ވާދަކުރައްވާއިރު ބިގޭ ވެސް މިފަހަރު އެ މަގާމަށް ނުކުންނަވަ އެވެ. ބިގޭ ފުރުއްވި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު 1:30 އިން ހަވީރު 5:30 އަށް އެ ޕާޓީގެ އޮފީހުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: