ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޅ އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ މިވީ ތިން އަހަރު ދުވަހު އަތޮޅުތެރޭގައި ފާހަގަކޮށްލެވޭ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖެ ހިންގުމުގައި ކުޑަރަށެއް ނުވަތަ ބޮޑުރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް، އަތޮޅަކަށް އެއްވަރަށް ތަރައްގީ ގެނައުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި ފާހަގަކޮށްލެވެނީ އަތޮޅުގެ ރަށްތަކުގެ ތަރައްގީ އެވެ. ރާއްޖޭގެ ތާރީހުގައިވެސް އަތޮޅުތެރެއަށް ނިސްބަތްވާ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅު ޅ. އަތޮޅުގެ ތަރައްގީގެ މަޝްރޫއު ތަކަށް ބަލައިލާއިރު އެ އަތޮޅުގެ ހުރިހާ ރަށެއްގައި ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ޅ. އަތޮޅުގެ ވެރިކަންކުރާރަށް، އަދި ރައީސް ސޯލިހުގެ އުފަން ރަށް ހިންނަވަރަށް ބަލައިލާއިރު ހިންނަވަރުގައި މިވަގުތު ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 4 މަޝްރޫއު އެއް ހިމެނޭއިރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމާއި އިންޖީނުގެ ބޮޑުކުރުމާއި ފުޅުބޯޅަ ދަނޑު އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ މުޅިން ނިމިފައެވެ.

ކުރެންދޫގައި މިވަގުތު ކުރިއަށްދާ މަޝްރޫއު ތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ އައު އިންޖީނުގެ އެޅުމަށް ކުރާ މަސައްކަތެވެ. މީގެ އިތުރުން ކުނިމެނޭޖްކުުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމާއި، އައުޓްޑޯ ޖިމްގެ އިތުރުން ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ވަނީ ގާއިމްކޮށް ނިމިފައެވެ. މީގެ އިތުރުން 4 މަޝްރޫއެއް ޓެންޑަރ ކުރެވިފައިވުމާއެކު 02 މަޝްރޫއެއް ކޮންޓްރެކްޓް ކުރެވި ފަށަން ތައްޔާރުވަމުން ދާކަން ފާހަގަކުރެވެއެވެ.

އޮޅުވެލި ފުށީގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް ބަލައިލާއިރު، ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، ސޯލަރ ޕީވީ އާއި ސޯލަރ ހަޓް ގެ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއާއި، އިންޖީނުގެ އެޅުމުގެ މަޝްރޫއު ފެށިގެން ހަލުވި ދުވެލީގައި ކުރިއަށްދަނީއެވެ. ހަމައެއާއެކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން އިތުރު ތިން މަޝްރޫއެއްވަނީ ޓެންޑަރ ކުރެވިފައިކަންވެސް ފާހަގަކޮށްލެެވެއެވެ.

އޮޅުވެލިފުށީގައި މިވަގުތު ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާ ގާއިމް ކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހިމެނެއެެވެ. މީގެ އިތުރުން ފުޓްބޯޅަ ދަނޑު ތަަރައްގީ ކުރުމާއި އެކު އިތުރު 4 މަޝްރޫއު ނިމިފައިވާކަން ވެސް ފާހަަގަކޮށްލެވެއެވެ. ހަމަ އެއާއެކު މިރަށު ސްކޫލްގެ 8 ކްލާސްރޫމުގެ 2 ބުރި އިމާރާތް އެޅުމުގެ މަސައްކަތް ވަނީ ޕްރީ ޓެންޑަރިންގ މަރުހަލާގައި ހިމެނޭއިރު ދެ މަޝްރޫއެއް ކޮންޓްރެކްޓް ކުރެވިފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ.

ނައިފަރު ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިސަރުކާުރުން ވަނީ 100 ހައުސިންގ ޔުނިޓް ނައިފަރުގައި އަޅައިދީ ނިމިފައިއެވެ. އަދި ނައިފަރު މަދަރުސަތުލް އިފްތިތާހްގެ 10 ކްލާސްރޫމުގެ އައު އިމާރާތް ނިމި ބޭނުންކުރަންވެސް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޕޮލިސް އެކަމަޑޭޝަން އިމާރާތްކުރުން ޓެންޑަރ ކުރެވިފައިވުމާއެކު ކައުންސިލް އޮފީސް އިމާރާތް ގާއިމްކުރުން އޮތީ ރިޓެންޝަން މަރުހަލާގައެވެ. ނައިފަރުގައި މިވަގުތު ހިނގަމުންދާ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކުރެވެމުންދާ އަމަލީ މަސައްކަތުގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމާއި އެޗްވީ ރިންގް ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: