ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދޫކުރުމުގެ ކަންކަމުގައި ކައުންސިލް ބައިވެރި ނުކުރާތީ މުއިއްޒުގެ ކަންބޮޑުވުން

މާލެސިޓީ މޭޔަރ ޑޮކްޓަރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މާލެ ސިޓީ ކައުންސިލުގެ ބައިވެރިވުން އެއްވެސް ވަރަކަށް ނުހޯދާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1،000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެކަން އެންގި ވާހަކަ އިވިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. އަދި ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ އުޞޫލު ހެދުމުގައި މާލެއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު އަސްލަމާއި ޙަވާލާދީ ނޫސްތަކުގައި ލިޔެފައި ވަނިކޮށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިކަމުގައި މާލެ ސިޓީ ކައުންސިލް އެއްވެސް ވަރަކަށް ބައިވެރި ނުކުރާ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނު ބުނާގޮތުން ވެސް މާލޭ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލް ބައިވެރިކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން ވެސް ކައުންސިލް ބައިވެރިކުރަން ޖެހޭ. އަދި މާލޭގެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް މަސައްކަތުގައި އުޅޭ ބަޔަކީ ކައުންސިލް.” މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިކަމުގައި މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމަށް ފޯނު ކުރެއްވި ކަމަށާއި ނަމަވެސް ދެބޭފުޅުންކުރެ ބޭފުޅަކު ފޯނު ނުނަންގަވާ ކަމަށެވެ. އަދި އެބޭފުޅުން ނުވެސް ގުޅުއްވާ ކަމަށެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުޞޫލު އަންނަ ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މާލޭގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: