ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން މާލޭގެ ރައްޔިތުންނައް ގޯތި ދޫކުރަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް: މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމަފައިވަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެއިން 1000 ގޯތި ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގާކަން އެނގުނީ މީޑިއާތަށް މެދުވެރިކޮށްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިއީ މިކަން ކުރިއަށް ގެންދެވެން ވާނެ ގޮތް ނޫން ކަމުގައެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ވާ ގޮތުގެ މަތިން ކައުސިލް ބައިވެރި ކުރަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގޯތި ލިބޭ މީހުން މަޖިލީހުގެ މެންބަރުންނާއި މަޝްވަރާ ކުރެވިގެންދާއިރު ސިޓީ ކައުންސިލަށް އެއްވެސް ހިލަމެއް ވެފައި ނުވާތީ ސަރުކާރުގެ އިސްވެރިންނަށް ގުޅުވައްވައިގެން މިކަން މިގޮތައް ދާ ސަބަބު މަޝްވަރާ ކުރަން ކުރި މަސައްކަތަށް އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަމަށެވެ.

މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އަދި ޕްލޭނިން އެންޑް ހައިސިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ވެސް ގުޅުއްވަން މަސައްކަތް ކުރެއްވި ކަމާއި ފޯނައް ޖަވާބު ދާރީވެފައި ނުވާއިރު ކޯލް ރިޓާން ނުކުރައްވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

1000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިގެން ދިޔައީ ބޯހިޔާވަހިކަމުގެ މަޝަރޫއުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ މަސަކަތުން މާލޭގެ ރައްޔިތުންނައް އެމީހުންގެ އަމިއްލަ ބިމުން އެއްވެސް މިންވަރެއް ނުލިބޭތީ ފާޅުކުރި ކަންބޮޑުވުމުގެ ތެރެއިންނެވެ.

ސަރުކާރުން މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ފްލެޓުތައް އަޅުއްވާނެކަމަށް ވިދާޅުވީ ނަމަވެސް، އެކަމުގެ ފައިނޭންސް ހޯދަން އެމްޑީޕީއަށް ނޭނގޭނެކަމަށް ބުނެ ވެސް މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: