ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސްތުގައި ލޫޕް ހޯލް ހޯދައިގެން ކުށްވެރިން މިނިވަންކުރުވާ މީހުން އުޅޭ: ރިފްއަތު

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކުން ލޫޕްހޯލްތައް ހޯދައިގެން ގަސްތުގައި ކުށްވެރިން މިނިވަންކުރުވާ މީހުން ދައުލަތުގެ މުއައްސަސާތަކުގައި އެބަތިބިކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ކުށްވެރިން މިނިވަންވެވެގެންދަނީ ކޮން ސަބަބުތަކަކާއި ހުރެތޯ ސުވާލުކުރައްވާފައެވެ. އެއީ އާންމު ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށާއި އެކަމަކީ ސިޔާސީ ޖަވާބެއް ދެވޭނެކަމެއް ނޫންކަމަށް އަލީ ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.

އަލީ ހުސެއިން ކުރެއްވި ސުވާލުގެ ޖަވާބުގައި ބަންޑާރަނައިބު ރިފްއަތު ވިދާޅުވީ ބައެއް މައްސަލަތަކުގައި ޚާއްސަ ގޮތެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގާނޫނީ ނިޒާމް އެނގިތިބެ ގޯސް ހަދާ މީހުން އެބަތިބި ކަމަށެވެ. ފުލުހުންގެ ތެރޭގައިވެސް އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގައިވެސް ނުނިޔަތުގައި މަސައްކަތްކޮށް ގާނޫނުތަކުން ލޫޕްހޯލް ހޯދައިގެން މ،ަސައްކަތްކުރާ މީހުން އެބަތިބިކަމަށް ވިދާޅުވިއެވެ. އަދި އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ މިވަގުތުވެސް އަމަލުކުރަމުންދަނީ 1977 ވަނަ އަހަރު ފާސްކޮށްފައިވާ ހެއްކާއި ބެހޭ ގާނޫނަށްކަމަށެވެ. އެގާނޫނުގައި ތަފްސީލްކޮށް ޒަމާނަށް ފެތޭގޮތަށް ހެކި ވަޒަންކުރާނެ ގޮތްތަކެއް ކަނޑައަޅާފައިނުވާކަމަށް ރިފްއަތު ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ފަނޑިޔާރަށް ހެކި ވަޒަންކުރުމަށް ބޮޑެތި ބާރުތަކެއް ލިބިފައިވާކަމަށް ރިފްއަތު ފާހަގަކުރެއްވިއެވެ.

“ހެއްކާއި ބެހޭ ތަފްސީލީ ބިލެއް މިހާރު ވާނީ ހުށައަޅާފައި. ޒަމާނަށް ފެތޭ ގޮތަށް ކަންކަން ބަދަލުކުރުމަށް ވާނީ ހުށައަޅާފައި” ރިފްއަތު

މެމްބަރު އަލީ ހުސެއިން ކުރެއްވި ސުވާލުގެ ޖަވާބުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ވިދާޅުވީ ޖުޑިޝަލް އެކްޓިވިޒިމްއަކީ ރަނގަޅު އެއްޗެއް ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެއްވެސް މައްސަލައެއްގައި ފަނޑިޔާރުގެ އަމިއްލަ އުދާސް ހުކުމަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އިއްވާ ހުކުމްތަކުގައި ހުންނަންވާނީ ކޮން ވާހަކަތަކެއްކަން އަދުި ހުކުމްގައި ހިމަނަންނުވާ ކަންކަމާއިމެދު ކޮންމެ އަހަރަކުވެސް މަޝްވަރާކުރެވޭ ކަމަށެވެ. އަދި ކޯޓުތަކުގައިި މައްސަލަ ސާބިތުނުވާ މައްސަލަ ދެނެގަތުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ފަހަކަށް އައިސް އިޖްރާއީ އެކި ގޯސްތަކުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންވެސް ޝަރުއީ މަރުހަލާގައި ވަނީ ދޫވެގެން ގޮސްފައެވެ. ރައީސް އަބްދުﷲ ޔާމީންވެސް ސުޕްރީމް ކޯޓުގެ މަރުހަލާއިން ދޫވެގެން ދިޔައީ އެފަދަ ގޯހެއްގެ ސަބަބުންކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: