ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ ހުރިހާ ވާރިސުން އެދެނީ މަރަށް މަރު!

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގައި މަރާލީ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުވެފައިވާ ބިދޭސީ ޝާ އަލޮމް މިއާގެ ކިބައިން ބޭނުން ވަނީ މަރަށް މަރު ހިފުމަށްކަމަށް އާއިލާއިން ބުނެފި އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ވާރިސުންގެ ބަސް ނެގުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ސާލިމްގެ މައްޗަށް މަރުގެ ކުށް އޭނާގެ އިއުތިރާފުން ސާބިތުވެފައިވާތީ އަދަބު ކަނޑައެޅުމަށް ވާރިސުންގެ ކިބައިން ސުވާލު ކުރުމުން އެމީހުން ވަނީ މަރަށް މަރު ހިފުމަށް ބޭނުންވާ ކަމުގައި ގާޒީ އަރިހުން ދަންނަވާފަ އެވެ.

ދުނިޔޭގައި ތިބި މަހުމޫދުގެ ހަތް ވާރިސުންނާ ސުވާލު ކުރިއިރު އެއީ، މަހުމޫދުގެ މަންމަ އާއި އަނބިމީހާ އަދި ފަސް ދަރިންނެވެ.

އެ މީހުންނާ ސުވާލުކުރުމުން އެ އެންމެން ވެސް ޝަރީއަތުގެ މަޖިލީހުގައި ބުނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް އެމީހުން އިއްތިފާގުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވާރިސުންގެ ބަސް ނެގުމަށް ފަހު، ގާޒީ ވަނީ ހުކުމް އިއްވުމުގެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލު ކުރުމަށް ނިންމަވާފަ އެވެ.

ރަހުމު ކުޑަ ގޮތަކަށް މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު މަހު 13 ގައި އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

މައްސަލައިގެ ތަހުގީގު ފަށާފައިވަނިކޮށް، ސާލިމްގެ މައްޗަށް ތުހުމަތު ކުރެވުނީ ބިދޭސީ މީހާ ދިރިއުޅޭގެ ކައިރިން އެރޭ ދިޔަ އަންހެނަކަށް ފެނުނު ބައެއް މަންޒަރުތަކެއް ރިޕޯޓު ކުރުމުންނެވެ. ފުލުހުން އޭނާ ހައްޔަރު ކުރުމުން، ކުށަށް އިއުތިރާފުވެ އެރޭ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވެއެވެ.

އެ މައްސަލައިގައި ފުލުހުން މީޑިއާތަކަށް ބުނީ، މަހުމޫދު މަރާލީ ސާލިމް އެކަނިކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

މިހަމަލާ ދިނުމާއި ހަމަލާ ދިން ހިސާބުން ފަޅުގެއަކަށް މަހްމޫދު ގެންދިޔުމާއި ދޭތެރޭ ގާތްގަޑަކަށް ފަސްވަރަކަށް ގަޑިއިރު ހޭދަވިކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: