ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މަރު: ބިދޭސީ މީހާ ކުށަށް އިއުތިރާފުވޭ، ވާރިސުން ބޭނުން ވަނީ މަރަށް މަރު!

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ވާރިސުން މަރަށް މަރު ބޭނުންވާތީ އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާ ނުލުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމަށް ޝާ އަލޮމް ހާޒިރުވީ ދައުލަތުން ހަމަޖައްސައިދިން ވަކީލާއި އެކު އެވެ. އޭނާ ބުނީ އަމިއްލައިން ވަކީލު ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތުމާއި އެކު، އެ ވަކީލާއި އެކު ކުރިޔަށް ދާން ބޭނުންވާ ކަމަށެވެ. ބައެއް ހެކިތައް ރައްކާތެރި ކުރުމަށް ބޭނުންވާތީ ދައުލަތުން ސިއްރު ކުރަން އެދިފައިވާ ލިޔުންތައް ނޫން ހުރިހާ ލިޔުންތަކެއް ލިބިފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އެއަށް ފަހު ޝަރީއަތުން ވަނީ ޝާ އަލޮމްއަށް ލިބިގެންވާ ހައްގުތައް ސާފުކޮށް ދިނުމުގެ ބައި ކުރިޔަށް ގެންގޮސްފަ އެވެ.

ބިދޭސީ މީހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވައި ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފުމުގެ ހުކުމެއް އަންނާނެކަމަށާއި، އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި ދެ މަހާއި ބާރަ ދުވަހުގެ ހުކުމެއް އަންނާނެކަން ފާހަގަކޮށްފަ އެވެ.

ތަރުޖަމާނެއް މެދުވެރިކޮށް ޝަރީއަތުގައި ޝާ އަަލޮމް ބުނީ އޭނާ ކުށަށް އިއުތިރާފުވާ ކަމަށެވެ. ޝާ އަލޮމްގެ ވަކީލު އިއުތިރާފު އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެއްބަސްވުން އެކުލަވާލައިފި ނަމަ ދައުވާ ސާބިތުވެ ވަރިސުން މަރަށް މަރު ހިފަން ބޭނުން ވިޔަސް ކުށްވެރިޔާއަށް ލުއި ލިބިދޭ ކަމަށެވެ. މަހުމޫދުގެ ވާރިސުން ބޭނުން ވަނީ މަރަށް މަރު ހިފުމަށްކަމަށްވާތީ ދައުލަތުން ދައުވާގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުން ނުވާކަމަށް ވަކީލު ވިދާޅުވި އެވެ.

ޝާ އަލޮމް މަހުމޫދު މަރާލީ “ޝައިތޯނާ ބޮލަށް ވަދެގެން” ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އަދި ޝާ އަލޮމް އޭނާއަށް ކުރެވުނު ކުށަށް މައާފަށް އެދިފައިވާއިރު އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު އޮންނާނެކަން ގަބޫލު ކުރާކަމަށް ވަކީލު ވިދާޅުވި އެވެ.

މައްސަލައިގައި ޝާ އަލޮމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ އޭނާ މަހުމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑު ބޭނުންކޮށްގެން މަހުމޫދުގެ ކަރާއި މެއަށް ހަމަލާ ދީގެން ކަމަށެވެ. އަދި އޭނާގެ ބޮލާއި ފައި ނިވާ ވާހެން ގޯންޏެއް ލައި ގެންގޮސް ވަޅެއްގެ ތެރެއަށް ވައްޓާލީ ކަމަށެވެ.

ބިދޭސީ މީހާ ކުށަށް އިއުތިރާފުވެފައިވާތީ މި މައްސަލަ ދެން ކުރިޔަށް ގެންދާނީ އަވަސް ނިޔާގެ ދަށުންނެވެ. އެހެންވެ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:30 އަށް އަޑުއެހުމެއް ގާޒީ ހަމަޖެއްސެވި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާނީ އަހުމަދު ޝަކީލެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 94%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: