ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މަރު: މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާލި މައްސަލައިގައި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކެންސަލް ވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރީ ހެނދުނުގެ 10:30 އަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަޑުއެހުން ކެންސަލް ވީ ސަބަބެއް އެ ކޯޓުން ހާމައެއް ނުކުރެ އެވެ.

މަހުމޫދު މަރާލިކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ކިޔައިދީފައިވާ ސާލިމްގެ މައްޗަށް މައްސަލައިގައި ދެ ދައުވާއެއް އުފުލާފައި ވެ އެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުުހުން ބުނީ މަހުމޫދު މަރާލާފައި ވަނީ ސާލިމް ދިރިއުޅުނު ގެއަށް އޭނާ ގެންދިއުމަށް ފަހު ކަމަށެވެ. އަދި މަހުމޫދަށް ތޫނު އެއްޗެހި ބޭނުންކޮށްގެން އެކި ފަހަރު މަތީން ކުދި ކުދި އަނިޔާތައް ދީފައިވާ ކަމަށެވެ.

ސާލިމް މަހުމޫދުއަށް ހަމަލާ ދިނީ ފައިސާގެ ބޭނުމަށްކަމަށްވާއިރު، އެހާ ގިނަ އަދަދެއްގެ ފައިސާ އޭނާ ބޭނުންވި ސަބަބާއި މަގްސަދަކީ ސީދާ މަހުމޫދު މަރާލުންތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކަށް ތޫނު ހަތިޔާރަކުން އަނިޔާތައް ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

ދަނގެތީގައި އުމުރުން ދުވަސްވީ މީހެއް ބެލުމުގެ މަަސައްކަތް ކުރަމުން ދިޔަ ސާލިމްއަށް މަހުމޫދުގެ މަރުގެ ތުހުމަތުތަކެއް ކުރެވުނީ، އެ ރަށު މީހަކަށް ޝައްކު ކުރެވޭ ކަންތަކެއް ފެނި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އޭގެ ކުރިން އެ ރަށު މީހުން މަހުމޫދު މަރާލިކަމުގެ ތުހުމަތު ކުރީ ރަށުގެ ދެ ޒުވާނަކަށެވެ. އަދި އެ ދެ މީހުން ފުލުހުންނާއި ވެސް ހަވާލު ކުރި އެވެ.

ސާލިމް ދިރިއުޅޭ ގޭގެގެ ތެރެއިން މީހަކު ދަމާވަފައި ގެންދިޔަ މަންޒަރެއް ފެނިގެން އެކަން ރިޕޯޓު ކުރުމުން ފުލުހުން އެ ގެ ބަލާ ފާސްކުރުމުން އޭނާއަށް ޝައްކުތަކެއް ކުރެވުނީ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސާލިމް ބޭނުން ކުރި ހަތިޔާރުތަކާއި، އަދި އޭނާގެ އަންނަނުތައް ހޯދާފަ އެވެ. އަދި މަހުމޫދުގެ ގަޑިއާއި އެ ނޫން ވެސް ބައެއް އެހެން ތަކެތި ހޯދާފައި ވެއެވެ.

ރަށުގައި މަޑުމައިތިރިކޮށް އުޅެމުން ދިޔަ ސާލިމްއަށް މި ތުހުމަތުތައް ކުރެވުމުން ރަށުގެ މީހުންނަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފުލުހުން ދަނީ ބަންގްލަދޭޝްގެ އިންޓެލިޖެންސް މެދުވެރިކޮށް ސާލިމްގެ ގައުމުގައި އޭނާގެ އެއްވެސް ކުށުގެ ރިކޯޑެއް އޮތްތޯ ވެސް ބަލަމުންނެވެ.

ފުލުހުން ބުނީ މަހުމޫދު މަރާފައިވަނީ ސާލިމް އެކަނި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: