ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މަރު: ސާލިމް މަރަން ހުކުމް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަހުމޫދް މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ.

އެ ދައުވާތަކަށް ސާލިމް ވަނީ ކޯޓުގައި އިއުތިރާފްވެސް ވެފައެވެ. މި މައްސަލައިގައި ސާލިމް ކޯޓުގައި އިއުތިރާފްވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި މަހުމޫދްގެ ވާރިސުން ކޯޓުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.

މަޙްމޫދުގެ މަރުގެ މައްސަލާގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ސާލިމް ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ސާލިމް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ.

އެހެންކަމުން މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: