ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތަކުގައި ގޯތި ހިލޭ ލިބިފައި، މާލޭގެ ރަށްވެހިން ބިން ގަންނަން ވީ ސަބަބެއް ނުވިސްނޭ: މުއިއްޒު

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު—
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ބިންހިއްކައި ބިން ހިލޭ ދޭ އުސޫލު އޮވެފައި، މަލޭގެ ރަށްވެހިންނަށް މީހުންނަށް ބިން ވިއްކާ އުސޫލު ގެންގުޅެން ޖެހެނީ ކީއްވެތޯ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެރެތޭ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫގެ ދަށުން ރަށްތައް ތަރައްގީ ކުރުމަށް ބޮޑެތި ބިންތައް ހިއްކައި އެ ރަށްތަކުގައި ރަޖިސްޓްރީވެފައި ތިބޭ މީހުންނަށް ހިލޭ ބިންދޭ އުސޫލުން މާލޭގެ ރައްވެހިންނަށް ބިން ދޫނުކުރާތީ މީގެ ކުރިން ވެސް މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ރައްތަކުގެ ބިން ހިއްކާ ރަށްތަކުގައި ބޯހިޔާވަހިކަމަށް ބޭނުން ޖެހިިފައިވާ އާއިލާތަކަށް ބިންދިނުމުގައި ގޯހެއް ނެތްކަމަށާއި، އެހެން ނަމަވެސް ތަފާތު ކުރުންތައް ގެންގުޅެންތީ ސަބަބާއި މެދު މުއިއްޒު ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ސަރުކާރުން އިގްތިސޯދާއި މެދު ގެންގުޅެނީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ. ވަކި ބަޔަކަށް ވަކި ގޮތެއް ކަނޑައެޅުމަކީ އިންސާފެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

“އެހެން ރަށްތަކުގަ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކާފަ އެ ބިން ހިއްކަންދިޔަ އަގު ހޯދާކަށް ބިންވިއްކަނީކީ ނޫން .ހަމަ ހިލޭ ދެނީ. އެކަމަކު މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް ހިލޭ ބިން ލިބޭ ގޮތަކަށްނޫން މި އޮންނަކީއެއް. މާލޭގެ އިޤްތިސާސުތެރެއިން ބިން ހިއްކައިފިއްޔާ އެޔަށް އަގު އަނބުރާ ހޯދަންބެނުންވޭ އެބަ ސަރުކާރުން. މީ ދެކޮޅެއްނުޖެހޭ. ދެކޮޅުޖެހޭނެ އެއްވެސް ހަމަޔެއްނެއް ސަރުކާރަކު” މުއިއްޒު

ސަރުކާރުގެ ފައިސާ އިޤްތިސާދުކޮށް، ދާ ޙަރަދު އަންބުރާ ލިބޭނެ އެހެން ގޮތެއް ހޯދަން ޖެހޭއިރު މާލެ ރައްޔިތުންނަށްވީތީ ކިޔާ ބިން ވިއްކާ އުސޫލު ގެންގުޅުމުން ރާއްޖޭގެ ރައްޔިތުންނަށް ހަމަހަަމަ ކަމެއް މި ސަރުކާރުން ގެންގުޅެވިފައި ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: