ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފޭސް ތިނެއް ހިމެނޭ ސަރަައްދުގައި ބިން ހިއަކަން ފަށައިފި

ހުޅުމާލެ ފޭސް ތިނެއްގައި ބިން ހިއްކަނީ:ފޯޓޯ /އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފޭސް ތިނެއް ހިމެނޭ ސަރަައްދުގައި ބިން ހިއަކަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި ބިން ހިއްކަން ފަށާފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކަމަށެވެ. އެގޮތުން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފޭސް 3 ކުން ބިން ހިއްކައި ނިމުމުން ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފޭސްތަކާ އެއްގޮތަށް އެ ސަރަހައްދު ތަރައްގީ ކުރެވޭނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

މާލޭގައި އުޅޭތާ 20 އަހަރުވެފެފައިވާ މީހުންނަށް ގޯތި ލިބޭގޮތް ހަދާދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހު ރިޔާސި އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅުގައިބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭގައި ދިރިއުޅުއްވާތާ ގިނަ ދުވަސްވެފައިވާ ފަރާތަކަށްވެސް ގޯތި ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށާއި، އެގޮތުން 20 އަހަރު މާލޭގައި އުޅޭތާ ވެފައިވާ މީހުންނަށްވެސް އެ ފުރުސަތު ލިބޭނެ ގޮތް ހައްދަވާ ދެެއްވާނެ ކަމަށެވެ.

“މާލޭގެ ރައްޔިތުން ފިޔަވާ މާލޭގައި ދިރިއުޅޭ އެތައް ބައިވަރުމީހުން އެބަތިބި. 20 އަހަރު 30 އަހަރުވެފައިވާ މީހުން. އޭގެތެރޭން  އަޅުގަނޑަށްވެސް 50 އަހަރުވެދާނެ މާލޭގައި ހުންނަތާ.” ރައީސް ވިދާޅުވިއެވެ.

އެގޮތަށް އެތައް ބަޔަކު އެބަތިބިކަމަށާއި، ނަމަވެސް އެފަދަ މީހުންނަށް އަމިއްލަ ރަށުންވެސް ގޯތި ނުލިބޭ ކަމަށެވެ.

ވަކިވަރަކަށްވުރެ ދިގު މުއްދަތެއްގާ ރަށުގައި ނުޅޭތީ ގޯތި ނުލިބެނީ ކަމަށެވެ. ކަން މިހެން އޮތުން އެފަދަ ފަރާރތްތަކަށް

ހުޅުމާލޭ ފޭސް ތިނެއްގައި ބިން ހިއްކަނީ: ފޮޓޯ/ އާބަންކޯ

މާލެއަކުންވެސް ގޯތި ނުލިބޭ ކަމަށާއި، އަދި އަމިއްލަ ރަށުންވެސް ނުލިބޭ ކަމަށެވެ. ނަމަވެސް އެމަނުކުފާނުގެ ވެރިކަމެއްގާ އެކަން ހައްލު ކުރައްވާނެ ކަމަށެވެ. މިހާރުވެސް މާލޭގެ ރައްޔިތުންގެ ހުރި ބޯޔާވަހި ކަމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގޯތިތައް ކަށަވަރު ކުރެވިއްޖެ ކަމަށާއި، އަދި ފްލެޓަށް ހުޅުވާލުމުން ކުރިމަތިލީ މިހުން ނަށްވެސް ފްލެޓްވެސް ދެއްވާފައި ވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ހާރު ދެވިފައިވާ ގޯތިތައް ހެދުމައްޓަކާއި، ހައުސިން ބޭންކެއް އުފައްދާ ލުއި ލޯނުތައް ލިބޭނެ ގޮތްވެސް ހަމަޖައްސަވާދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: