ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބުވެވަޑައިގެންފި އެވެ.

އަސްލަމް މި މަގާމަށް އިންތިހާބުވީ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާ ވާދަކޮށެވެ. އެގޮތުން އަސްލަމްއަށް ލިބިވަޑައިގެންފައިވަނީ 40 ވޯޓެވެ. އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

މިއަދު އޮތް އިންތިހާބުގައި ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. މި މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ބިގޭއެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 65 މެމްބަރަކު ވޯޓުލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: