ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިމެނުމުގެ މަސައްކަތައް 4400 މީހުން ހޯދަނީ

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި 4400 މީހުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފިއެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި އަންނަ ސެޕްޓެންބަރު މަހުގެ 13 އިން 14 އަށް، އަދި 17 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކަމުގައި ހަރަކާތްތެރިވާނެ ކުދިންނާއި ޓުރޭނަރުން، އަދި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ހަފްތާގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެބިޔުރޯއިން މައުލޫމާތު ދެއެވެ. ރަށްރަށުގައި މި ޓްރެއިނިންތައް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި އަދި އޯގަސްޓް މަހުގެ ތެރޭގައެވެ. މާލޭގައި ޓުރޭނިންތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓް އަދި ސެޕްޓެންބަރު މަހުތެރޭގައެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގެ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީން ފުރިހަމަކޮށް، ބޯހިމެނުމުގެ މަސައްކަތް ނިމުމުންނެވެ.

މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން  ބިޔުރޯގެ ވެބްސައިޓުން މައުލޫމާތު ސާފުކުރެވޭނެއެވެ. ފޯމް ހުށައެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިޔަކީ 31 މެއި 2022 އެވެ.

އެންމެފަހުން ބޯހިމެނުން ހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: