ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން ދުވަސްވީ ހިތުގެ ބަލީގެ މީހުންނަށް ހާއްސަކޮށް އޭޑީކޭގައި އިތުރު ހިދުމަތެއް ތައާރަފު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން ދުވަސްވީ ހިތުގެ ބަލީގެ މީހުންނަށް ހާއްސަކޮށް އޭޑީކޭގައި އިތުރު ހިދުމަތެއް ތައާރަފު ކޮށްފިއެވެ.

“ޓަވީ” ކިޔުނު މި ޕްރޮސީޖާއަކީ މަދުން ނޫނީ ގައުމުތަކުގައި ތައާރަފު ކުރެވިފައި ނުވާ ހިދުމަތެކެވެ. މިއަދު މިކަމާއި ގުޅިގެން އޭޑީކޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހްމަދު އައްފާލް ވިދާޅުވީ މުޅި މި ރީޖަންގައިވެސް މި ހިދުމަތް ފޯރު ކޮށްދެވޭ 3 ވަނަ ގައުމަށް ދިވެހި ރާއްޖެ ވެގެން ދާނެ ކަމުގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ހިދުމަތް ދެވިގެން ދިޔައީ އިއްޔެގެ ވަގުތެއްގައި 81 އަހަރުގެ ފިރިހެނަކަށެވެ. އަދި މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމުގައި ހޮސްޕިޓަލްގެ ފަރާތުން ވަނީ ބުނެފައެވެެ. އަދި ޕޭޝަންޓަށް 2 ދުވަހެއްގެ ތެރޭގައި ގެއައް ދެވޭނެކަމުގައި އައްފާލް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮސީޖާ ފުރަތަމަ ފަހަރަށް ހިންގުމުގައި އިންޑިއާގެ ޑޮކްޓަރުންވެސް ވަނީ ބައިވެރިވެފައެވެ. މިއީ ވަކި ޝަރުތުތަކެއް ހަމަވާ ވަކި އުމުރުފުރައެއްގެ ބަޔަކަށް ހާއްސަ ކުރެވިގެން ދެވޭ ފަރުވާއެއް ކަމުން މި ހިދުމަތް ކޮންމެ ކޮންމެ ހާލަތެއްގައި ދެވިގެން ނުދާނޭ ކަމަށާއި ހިދުމަތް ދިނުމުގައި ބަލާނޭ ޝަރުތުތަކެއް ހުންނާނޭ ކަމުގައި ވަނީ ބުނެފައެވެ. އަދި ހިދުމަތް ދެވިގެންދާނީ ވަރަށް “ސެލެކްޓިވް” ކޭސެސް ތަކަކައް ކަމުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޭޑީގެ ހިތުގެ ހާއްސަ ޑޮކްޓަރުން މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މި ޕްރޮސީޖާ ސިފަކުރެއްވީ މިއީ ދިރިއުޅުން ބަދަލު ކޮށްލާފަދަ ޕްރޮސީޖާއެއްގެ ގޮތުގައެވެ. އަދި މި އޮޕަރޭޝަން  ކުރެވިގެންް ދާނީ އުމުރުން ދުވަސްވެ މުސްކުޅި އަތައް އެޅިމައި ވޭލްތައް ތާށިވެ ހަރުވުމުގެ ސަބަބުން ވޭލްތައް ބަދަލު ކުރަން ޖެހުމުގެ ސަބަބުންނެވެ. “ޓަވީ” މި ޕްރޮސީޖާ އަކީ ދެތިން ގަޑިއުރުގެ ތެރޭގައި ނިންމައިލެވޭ ޕްރޮސީޖާއެކެވެ.

މި ޕްރޮސީޖާގެ ސަބަބުން އޯޕެން ހާޓް ސާޖަރީއެއްގައި ދިމަވާނޭ ނުރައްކާތަކާއި ކުރިމަތިވެދާނެ ކަމަށް ހޯދުންތަކުން ދައްކައެވެ.

ބައިވަރު ކުންފުނި ތަކުން މިކަަމަށް ބޭނުންވާ ޓެކްނޮލޮޖީސްތައް އޮފާ ކުރިނަމަވެސް މެޓްރޯނިކް ކުންފުނިއަކީ ކާޑިކް ސާޖަރީ ފެށުނީން ސުރެ މިކަމުގައި ހަރަކާތް ތެރި ވަމުން އަންނަ ބައެއް ކަމާއި މިގޮތުން އެންމެ ރަނގަޅު ކުންފުއްޏެއްގެ ގޮތުގައި އެބޭފުޅުންނަށް ފެނިލެއްވީ މިކުންފުނި ކަމުން އެމީހުންގެ ޓެކްނޮލޮޖީސްތައް ބޭނުން ކުރެވިފައިވާ ކަމަށް އައްފާލް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮސީޖާ ފުރަތަމަ ފަހަރަށް ހަދާދީފައިވަނީ ހިލޭ ކަމަށާއި ނަމަވެސް އަދި އެކުގައި އާސަންދައިން ފޮރުވޭނޭ ގޮތެއް ހަމަ ޖެހިފައި ނެތް ކަމަށާއި އެހެން ނަމަވެސް ކާޑިކް އެތައް ސާޖަރީތަކަށް އާސަންދަ ފޯރުކޮށްދެވެމުންދާ ކަމަށް އައްފާލް ވަނީ ހާމަ ކޮށްފައެވެ. އަދި މިއީ ޑިވައިސް ތަކެއް ބޭނުން ކުރެވިގެންދާ ޕްރޮސީޖާއެއް ކަމުން އެންސްޕާއިން ވަނީ އެ ޑިވައިސްތައްވެސް ފޯރު ކޮށްދިންކަމުގައި އެބޭފުޅާ ވިދާޅުވިއެވެ. އަދި ޕޭޝަންޓްގެ އަތުން އެއްވެސް ހަރަދެއް ނުގޮސް މި ހިދުމަތް ދެވޭނޭ ގޮތެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރެވެމުން ދާކަމުގައި ވެސް ވަނީ ބުނެފައެވެ.

މި ޕްރޮސީޖާ ހިންގުމައްޓަކައި އެތަކެއް ތައްޔާރީތަކެއް ވެފައިވާ ކަމަށާއި އަދި މި ހިދުމަތް ދޭ ގައުމުތަކައް ދަތުރު ކުރައްވާ އެތަންތާގައި އަމަލީ ގޮތުން ކުރާ މަސައްކަތްތައް ބަލާ އޭގައި ބައިވެރިވެ ޑޯކްޓަރުން ޓްރެއިން ވެފައިވާ ކަމަށް ވަނީ މި ޕްރެސްގައި ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި މި ޕްރޮސީޖާ ހިންގާފައިވަނީ ވީހާވެސް ބަލިމީހާއަށް ފަސޭހަވާނޭ ގޮތަށެވެ. އަދި މިއީ ވަރަށް ބޮޑެތި ކުރިއެރުން ތަކެއްކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ލަސްތަކަކާއި ކުރިމަތިވީ ކޮވިޑް 19 ގެ ސަބަބުން ދިމާވީ ދަތިތަކާއި ގުޅިގެން ކަމުގައި ވަނީ ބުނެފައެވެ. އަދި އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހާއި ގުޅިގެންވެސް މިފަދަ އެތަކެއް ހިދުމަތްތަކެއް ތައާރަފު ކުރެވިގެން ދާނޭ ކަމުގައިވެސް ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: