ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން

ޓޫރިސްޓުން ތަކެއް ރާއްޖެ އައިސް އުޅޭ މަންޒަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު މިދިޔަ ދެ އަހަރު ދުވަހަށްވުރެ އިތުރަށް ރާއްޖެއަށް ވަނީ ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިގޮތުން 131،764 އެއް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2021 ވަނަ އަހަރު ޒިޔާރަތް ކޮށްފައިވާ އަދަދާއި އަޅާ ކިޔާއިރު 30 ހާހަށްވުރެ ގިނަ ފަތުރުވެރިންނެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ބަލާލާއިރު 131،764 ފަތުރުވެރިން އައިސްފައިވާއިރު އެވްރެޖް ގޮތެއްގައި މި ފަތުރުވެރިން 9 ދުވަހު ރާއްޖޭގައި ވަނީ މަޑުކޮށްފައެވެ. ފެބުރުވަރީ މަހަށް ބަލާލާއިރު 16 ވަނަ ދުވަހާއި ހަމައަށް އައިސްފައިވަނީ 78،420 ފަތުރުވެރިންނެވެ. މިމަހު އެވްރެޖް ގޮތެއްގައި 8 ދުވަހާއި 9 ދުވަހުގެ އަދަދަކަށް ފަތުރުވެރިން ވަނީ ރާއްޖޭގައި މަޑުކޮށްފައެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ އަދި ފެބުރުވަރީ މަހުވެސް ވަނީ ކޮންމެ ދުވަހެއްގެ މައްޗަށް 4500 އާއި ގާތް ކުރާ މިންވަރަކަށް ފަތުރުވެރިން އައިސްފައެވެ.

މިގޮތުން އެންމެ ގިނައިން ރާއްޖެއަށް 2022 ވަނަ އަހަރު ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ގައުމުތަކުގެ ލިސްޓުގައި އެންމެ ފުރަތަމައަށް ހިމެނެނީ ރަޝިޔާއެވެ. އެއީ 33،191 ފަތުރުވެރިންނެވެ. ލިސްޓްގެ ދެވަނައިގައި ވަނީ ޔުނައިޓެޑް ކިންގްޑޮމްއެވެ. ރަޝިޔާއިން މިގައުމަށް ވުރެ އިތުރަށް އައިސްފައިވަނީ 9،181 އެއް ފަތުރުވެރިންނެވެ. ރޭންކްގެ ތިންވަނައިގައިވަނީ އިންޑިއާއެވެ. އިންޑިއާގެ ފަތުރުވެރިންގެ މަގުބޫލުކަން ރާއްޖެއާއި މެދު އިތުރު ކުރުމަށް މިހާރުވެސް އަނަންނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެންމެ މަދު އަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ނަމަވެސް މިހާރު ދަނީ މިއަދަދު އުފުލި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރަމުންނެވެ. މިގޮތުން މި އަހަރުގެ ފެބުރުވަރީ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 210،184 ފަތުރުވެރިން ވަނީ  ރާއްޖެ އައިސްފައެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި އަޅާ ބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށް ތިބޭ މުއްދަތު ވަނީ 2021 ވަނަ އަހަރު ވަނީ އިތުރުވެފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވެއްޓުނު އަޑިގަނޑުން އަރައިގަންނަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: