ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ސުޕަނެޓުގެ ހިދުމަތް ށ. މިލަންދޫ އަށް!

އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް، ”ސުޕަނެޓް“ މިލަންދޫއަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ހިދުމަތް އަޕްގްރޭޑް ކުރަމުން އަންނަ ކަމަށާއި އަދި ދާދި ފަހުން ވާނީ އުރީދޫގެ ހޯމް ބްރޭންޑް ޕެކޭޖްތަށް އަލުން އާރާސްތުކުރެވިފައިކަމުގައެވެ.

މީގެ އިތުރުން ނިޔާޒު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަންފާވާނެ ފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ކުންފުނިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އުރީދޫން ވަނީ ދާދި ފަހުން އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ.

މިގޮތުން ސުޕަނެޓްގެ ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓޮލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބޭނޭ ގޮތް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެއްމަހު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕޭކޭޖް އިންކުލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޙިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިިން އަންނަނީ މަސައްކަތް ކުރަމުންކަމަށް ވެސް ކުންފުނިން ބުންޏެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: