ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާ ވެސް ޝަރީއަތް ނިމެންދެން ބަންދަށް

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން އެސްވައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 06 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ލަމްހާއަކީ މުޖްތަމައުއަށް ނުރައްކާތެރި މީހެއް ކަމުން އޭނާ ދޫކޮށްލާފައި ބެހެއްޓުން ރައްކާތެރި ނޫން ކަމަށެވެ. ނަމަވެސް ލަމްހާގެ ވަކީލުން ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ޝަރީޢަތުން ނިންމީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

މޭރީގެ ފިރިމީހާ  މާވިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދާއުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މާވިންގެ މައްޗަށް މި ދައުވާ އުފުލީ، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި މޭރީގެ ބޮލަށާއި، ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ވިއްސާރަ ދުވަހެއްގައި ވާރެއާއި ތެމިގެން ހުރެ މާވިން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހުނީކަމަށް ބުނެ އެވެ. ދަންޖެހިގެން ހޮސްޕިޓަލަށް ގެންނަ މީހުންގެ ކޭސްތައް ފުލުހަށް ރިޕޯޓު ކުރާއިރު، ފުލުހުން މައްސަލައިގައި ސުވާލުކޮށް ހެދުމުން މަރުގައި ޝަކުވާ ކަންތަކެއް ފާހަގަ ކުރެވުނީ އެވެ. އަދި އޭގެ ފަހުން މީޑިއާތަކުގައި ވެސް އެ ވާހަކަ ދެކެވިގެން ދިޔަ އެވެ.

މޭރީ މަރުވީ ދަންޖެހިގެންކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގަބޫލު ނުކުރާތީ އާއި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުން ކަމެވެ. އިތުރު ތަފްސީލުތަކެއް ހާމަނުކޮށް ފުލުހުން ވެސް ބުނީ، މޭރީ މަރުވީ ދަންޖެހިގެންކަމަށް ޕޯސްމޯޓަމް ރިޕޯޓުން ނުދައްކާ ކަމަށެވެ. އަދި އޭނާ މަރުވީ ”ބްލަންޓް އިންޖަރީ“ ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: