ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހުއްޓުވުމަށް ސަރުކާރުން ނޭއްގާނީ އަމަލެއް ހިިންގަފާނެ: އާދަމް ޝަރީފް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހުއްޓުވުމަށް ސަރުކާރުން އެހެން ވަސީލަތެއް ބޭނުންކޮށްގެން ނޭއްގާނީ އަމަލެއް ހިންގަފާނެ ކަމަށް ތުހުމަތު ކުރާ ކަމަށާއި އިދިކޮޅުން ތިބީ އެކަމަށް ވިސްނައިގެން ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އައުޓް ހުއްޓުވުމަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ކަމަށާއި އެކަން ހުއްޓުވުމަށް އެހެން ވަސީލަތެއް ބޭނުންކޮށްގެން ނޭއްގާނީ އަމަލެއް ހިންގަފާނެކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތާއި ގުޅިގެން އެ ހަރަކާތުގެ ބިރުވެރިކަން އިންޑިއާއަށް ދައްކަން ދިވެހި ސަރުކާރުން ބޮޑެތި ޑްރާމާތައް ކުޅޭކަމުގެ ތުހުމަތު އާދަމް ޝަރީފް ކުރެއްވި އެވެ. ސަރުކާރަށް ފައިދާ ވާނެފަދަ އެތައް ކަމެއް އިންޑިއާ ހައި ކޮމިޝަންގެ ފަރާތުން ރާއްޖެއަށް ކޮށްދެމުންދާއިރު އިންޑިއާއަށް މި މަންޒަރު ސަރުކާރުން ދައްކަނީ ނުރައްކާތެރި ކަމެއްގެ ގޮތުގައިކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހިންގުން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ބުނަމުން ދަނީ ރާއްޖެއާއި ގައުމުތަކާއި ދެމެދު އޮތް ގުޅުން ހީނަރުވުމުގެ ވާހަކަތަކެއް ކަމަށާއި ނަމަވެސް މިއީ ގައުމީ ހަރަކާތެއްކަމުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

އިންޑިއާ އައުޓް ހަރަކާތާއި އެއްފަދަ ކަންތައްތަކެއް ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީ އިދިކޮޅުގައި އޮވެ ކުރިކަމަށް ތުހުމަތު ކުރައްވައި އާދަމް ޝަތީފް ވިދާޅުވީ  ފ. އަތޮޅު ކުރީގެ ރައީސް ޔާމީން ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވި އިރުގައި އެމްޑީޕީ މީހުން އިދިކޮޅުގައި ތިބެ އެކަން ހުއްޓުވުމަށް ރާއްޖޭގައި ބޮޑެތި ރޯގާތައް ފެތުރެމުންދާ ކަމުގެ ބިރުވެރިކަން އުފައްދައި ހަގީގަތާއި ހިލާފް ވާހަކަ ފެތުރުމުގެ ސަބަބުން އެ ޕްރޮޖެކްޓް ބީވެގެން ދިޔަ ކަމަށެވެ.

އިންޑިއާ އެމްބަސީ ގޮއްވާލަން ގޮވާލުމަކީ އިންޑިއާ މިލިޓަރީ އައުޓް ހަރަކާތް ހުއްޓުމަށް އެހެންބަޔަކު ޖެހި މަޅިއެއް ކަމަށާއި އެފަދަ މަޅިތަކުގައި އިދިކޮޅުން ނުޖެހޭނެ ކަމުގައިވެސް އާދަމް ޝަރިފް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނަށް، މުދަލަށާއި މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށާާއި އެފަދަ ކަމެއް ހިނގާނަމަ އެކަމެއް ހިންގާނީ  މިސަރުކާރުން ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާ އައުޓް ހަރަކާތަކީ ގައުމުގެ ސުލްހަމަސްލަހަތާއި މިނިވަން ކަމުގެ ހައްގުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމށާއި އެކަން އިންޑިއާ ސިފައިން ފައިބައިގެން ނުދަނީސް ހުއްޓާނުލާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: