ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަތައް ރަނގަޅަށް ތަހުގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން ބޭރުގެ ފޮރެންސިން އޮޑިޓަރުން ހޯދުމަށް ވަރަށް ބޮޑަށް ސަރުކާރުގައި އެމަނިކުފާނު އެދިވަޑައިގަތް ކަމަށެވެ.

“ދެން ވެސް މައްސަލަތައް ރަނގަޅަށް ތަހުގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ.” ނަޝީދު ވިދާޅުވި އެވެ.

ފާޑުކިޔުން ސަރުކާރަށްވެސް އަމާޒުވެފައިވަނިކޮށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.

ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: