ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުން: ފައިސަލް ނަސީމް

ކަންކަތި އެވޯޑް ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުން ކަމަށް ރައީސުލް ޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައިވެސް ފައިސަލް ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނިޒާމް މި ވާހަކަތައް ދެއްކެވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން (އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސުލް ޖުމްހުރިއްޔާ ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ އިސްކަމެއް ދެއްވައިގެން ކައުސިލްތަކުގެ ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށްލައި، އެބޭފުޅުން ބޭނުންވާ ގޮތަށް މިނިވަންކަމާއި އެކު ކައުންސިލް ހިންގުމުގެ ބާރު ދެއްވާފައިކަމުގައެވެ.

ޤައުމުގެ ތަރައްގީގައި އަންހެނުން އިތުރަށް ބާރުވެރިކުރަމުން ގެންދަވާ ކަމަށާއި އެހެން ސަރުކާރަކުން ނުދެއްވާ ސަމާލުކަން ދެއްވައިގެން ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީއަށް ރައީސުލް ޖުމްހުރިއްޔާ މަސައްކަތް ކުރައްވާ ކަމުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ތަމްސީލުކުރުމުގައިވެސް އަންހެނުން ބައިވެރިވެ އެކަބަލުންގެ ހިއްސާ އިތުރުވެފައި ވާތަން ފެންނިގެން ދާކަން ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި އެއްވަރަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް ސަމާލުކަން ދެއްވުމުގެ މުހިކަމަށްވެސް އެމަނިކުފާނު ވަނީ އަލި އަޅުވާލާފައެވެ.

މިހުރިހާ ކަމެއް މިގޮތަށް މެދުވެރިވުމަށް އަންނާނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކައުސިލާއި އަތޮޅު ކައުންސިލަށް ‘ރަނަހަމާންތި’ އަދި ‘ގަދަހަމާންތީ’ގެ 1 ވަނަ ދަރަޖައިގެ އެވޯޑް (2019 އަދި 2020) ހަވާލުކުރެއްވުމުގެ އިތުރުން “ކައުންސިލްތަކުގެ ރޭންކިންގ(2019- (2020) ފޮތް ނެރެދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: