ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެންމެ މީރު” ގެ ނަމުގައި މިފްކޯއިން ރޯދަ ޕްރޮމޯޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަ މަހާއި ގުޅިގެން މިފްކޯ އިން ވަނީ “އެންމެ މީރު” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި ޕްރޮމޯޝަން ފަށާފައިވަނީ 175،000 ރުފިޔާގެ އިނާމާއި އެކުގައެވެ. ޕްރޮމޯޝަނާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް މިފްކޯއިން ބުނީ ގިނަ ކަސްޓަމަރުންގެ އެދުމާއި އެއްގޮތަށް އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ނަގުދު ފައިސާކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 100،000 ރުފިޔާކަމަށް މިފްކޯއިން ބުންޏެވެ. 

މީގެއިތުރުން ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަން މިފްކޯގެ ހަ ފިހާރައެއްގައި ކުރިޔަށް ގެންދާނެ އެވެ. ކޫޕަން ލިބިވަޑައިގަންނަވާނީ، ފިހާރަތަކުން ކުރާ ކޮންމެ 200 އަށްވުރެ މަތީގެ ވިޔަފާރިއަކަށެވެ. 

ކުރިއާއި ހިލާފަށް މިފަހަރު ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަން ހުޝައަަޅަން ޖެހެނީ އޮންލައިންކޮށެވެ. ލިބޭ ކޫޕަންގައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ކަނޑައެޅިފައިވާ ޕޯޓަލް އަށް ހުށައަޅާލުމުން ބައިވެރިވެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މާލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތެރެއިންވެސް ބައެއް ތަށްތަކުގައި މި ޕްރޮމޯޝަން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޫއްޑު އަދި އައްޑޫގެ އިތުރުން ފެލިވަރުގައިވެސް މި ޕްރޮމޯޝަން ކުރޮއަށް ގެންދާނެ ކަމުގައި މިފްކޯ އިން ވަނީ ބުނެފައެވެ.

މިފްކޯއިން އިތުރަށް ބުނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބޮޑު ތަރުހީބެއް މި ރޯދަ ޕްރޮމޯޝަން އަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: