ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީއަކު މަރާލި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި 1.3 މިލިޔަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމުގައި ބިދޭސީ އަކު މަރާލި މައްސަލައިގައި ދިވެއްސެއްގެ މައްޗަށް 12 އަހަރަށް ޖަލައްލައި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ބާދް ޝާމިއާ ނިދާފައި އޮއްވާ 2015 ވަނަ އަހަރު ލަކުޑިބުރިއަކުން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.ގަން ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށްށެވެ.

އޭނާގެ މައްޗަށް ދައުލަތުން ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވީނަމަވެސް އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތަކައިނުލައި މީހަކު މެރުމުގެ ދައުވާއެވެ. އެއީ ގަސްތުގައި މީހަކު މެރިކަމަށް ހެކިތަކުން އެނގެން ނެތުމުންނެވެ. ނަމަވެސް އޭނާ މަރުވީ ހަމްޒާގެ އަމަލަކުން ކަމަށްވާތީ ގަސްތަކާ ނުލާ ކުރިކަމަކުން މީހަކު މަރުވުމުގެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއެވެ.

އިސްލާމީ ޝަރީއަތުގައި ގަސްތަކާ ނުލާ މީހަކު މެރުމުގެ ކުށަށް މަރުގެ އަދަބު ނުދެވޭތީ މަރުގެ ދިޔަ ބޭނުންވޭތޯ ބެލުމަށް ބާދް ޝާމިއާގެ ވާރިސުންގެ ބަސް ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށް ނަގާފައިވެއެވެ. އެގޮުތުން ހެކިބަސްދިން ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރުގެ ދިޔަ ކަމުގައި ބަޔާނުގައިވާ ވެއެވެ.

ވުމާއެކު ކްރިމިނަލް ކޯޓުން އޭނާ 12 އަހަރަށް ޖަލަށް ލުމާއެކު މަރުގެ ދިޔަ އަށް ވާ 1.3 މިލިޔަން ރުފިޔާ ތިން އަހަރުދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފައިވެއެވެ. މީގެ އިތުރުން ކައްފާރާގެ ގޮތުގައި ދެމަސްދުވަހު ރޯދަހިފުމަށް ހަމްޒާގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް ހުކުމްގެ މުއްދަތުން ހަމްޒާ ބަންދުގައި ހޭދަކުރަންޖެހޭ މުއްދަތު އުނިކުރުމަށް ޖެހޭތީ އޭނާ ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ކުރުވެގެންދާނެ ކަމުގައިވެސް ކޯޓުގެ ހުކުމްގައިވެއެވެ.

ޝަރީއަތުގެ މަޖިލިސް ހިނގަމުން ދިޔަ ވަގުތުގައި ހަމްޒާއަށް ވާހަކަދެއްކުމަށް ދިން ފުރުސަތުގައި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ ސަބަބުން 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކޮށްފައިވެއެވެ. އޭނާ ހަޑިހުތުރު ބަހުން އެއްޗިހި ގޮވާފައިވަނީ އޭނާއާއި މެދު ބޭއިންސާފުން އަމަލުކޮށް ބަންދުގައި ގިނަދުވަސްތަކެއްވަންދެން ބަހައްޓާފައިވާތީ އެކަމާއި އޭނާ ހިތްހަމަނުޖެހިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: