ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޒާހާގެ އިސްތިއުނާފު މައްސަލަ މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލް!

ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ނަޒާހާގެ ޝަރީއަތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ނިންމި މަރިޔަމް ނަޒާހާ ގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފި އެވެ.

ހ، ބައިކެންޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ 2011 ވަނަ އަހަރެވެ. އެއީ އޭނާ 2020 ވަނަ އަހަރު އޭނާގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލިކަން ސާބިތުވުމާއި ގުޅިގެންނެވެ.

އެމައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ 31 މެއި 2015 ގައެވެ.

އެ މައްސަލަ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ފުރަތަމަ މައްސަލަ ބޭރުކޮށްލީ އެވެ. ސަބަބެއްކަމަށް ބުނީ އިސްތިއުނާފު މުއްދަތު ފަހަނައަޅައިގޮސްފައި ވުމެވެ.

މިއަދު މައްސަލައިގެ ޝަރީއަތް މިއަދުގެ 09:00 އަށް ތާވަލު ކުރި ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުގެ ސަބަބުން މައްސަލަ ކެންސަލް ކުރީކަމަށް ނަޒާހާގެ ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވިއެވެ. ނިޔާހަޔަތު ވިދާޅުވީ ދެން އަޑުއެހުން ތާވަލު ކުރާނެ ދުވަހެއް ކޯޓުން އަންގާފައި ނުވާ ކަމަށެވެ.

ނަޒާހާގެ ފަރާތުން ހައިކޯޓު މަރުހަލާގައި ކުރިން ބުނެފައިވާ ގޮތުގައި ޝާހިދު މަރާލުމަށް ދެވުނު ހަމަލާއަކީ އޭނާގެ ފަރާތުން ކުރިން ނަޒާހާ އަށް ލިބިފައި ހުރި އަނިޔާ ތަކެއްގެ ސަބަބުން ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން ކަމުގައި ހިނގި ކަމެއް ކަމުގައެވެ. އަދި އެ ކުށް ކުރެވުނު ސަބަބަށް ރިއާޔާތްކޮށް ދީ އޭނާއަށް މައާފު ދިނުމަށް ނަޒާހާ ވަނީ ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުގައި މީޑިއާގެ ބޮޑު ސަމާލުކަމެއް ވެސް ލިބިގެން ދިޔަ މި މައްސަލައިގައި، ނަޒާހާ ބުނީ އިސްތިއުނާފަށް މައްސަލަ ހުށަހެޅީ ދަރިފުޅު އެކަމަށް ތައްޔާރުވެފައިވާކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މީގެ 11 އަހަރު ކުރިން އެ ހާދިސާ ހިނގި އިރު އެ ދެ މީހުންގެ ފިރިހެން ދަރިފުޅަށް 02 އަހަރެވެ.

ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓިއިރު، އޭނާއަށް ލުޔެއް ލިބެން ޖެހޭނެ ކަަމަށް އެ ކޯޓުން ނިންމާފައި އޮތުމުން ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހަޅައިގެން ލުޔެއް ހޯދުމަށް ވެސް ނަޒާހާ މަސައްކަތް ކުރި އެވެ. އެ ހުށަހެޅުމަށް ފަހު ބޯޑުން ނިންމީ، އަދަބުން ފަސް އަހަރު އުނި ކުރުމަށެވެ. ނަޒާހާ މިނިވަން ވާން އަދިވެސް ބާކީ ނުވަ އަހަރު އެބަ އޮތެވެ.

ހައި ކޯޓުން ހުކުމް ކުރިތާ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެދުނީ ވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައި، އޭނާއަށް އެކަށީގެންވާ އަދަބެއް ދެވިއްޖެކަމަށް ކަނޑައަޅައިދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: