ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަދި ނައިބް ރައީސް ވަކިކުރުމަށް މަޖިލީޙުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުރައީސް މަގާމުން ދުރުކުރެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އެމްޑީޕީ އާއި އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ މެމްބަރުންކަމަށްވާ ޑިމޮކްރެޓްސް ގުޅުން ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލަކާއިއެކު ރައީސް ވަކިކުރުމަށް ގާނޫނީގޮތުން އޮތް ހުރަސްތައް ނައްތާލުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން އެ ދެ ޕާޓީއިންވަނީ ރައީސް އަދި ނައިބުރައީސަަކު ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދުތައް ގުނާއިރު ހުސްކޮށް ތިބޭ ގޮނޑިތައް ނުގުނާގޮތަށް އިސްލާހެއް ހުށައަޅައި އެ މަގުފަހިކޮށްފައިކަށްވެސް ފާހަގަކުރެވެއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން އެ އިސްލާހު ބާތިލުކުރުމަށް ސަރުކާރުގެ ފަރާތުން ސުޕްރީމު ކޯޓުގައި އެދިފައިވާއިރު އެ ކޯޓުންވަނީ ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުން ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތާއިއެކު އެ މައްސަލައިގައި ގޮތް ނިންމައި އަމުރެއް ނެރިފައެވެ. އެ ކޯޓުންވަނީ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލުތައް ގާނޫނުއަސާސީ އާއި ހިލާފުކަމަށް ސަރުކާރުން ދައުވާކުރާކަމަށް ބަޔާންކޮށްފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުންވަނީ އެމްޑީޕީގެ އިސްލާށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ.

“ބަންޑާރަނައިބު ހުށަހަޅާފައިވާ މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ(ކ)، (އ) އަދި (ވ) ގެ ދަށުން ޢަމަލުކުރަނީ ޤާނޫނުއަސާސީގެ ،71 86 އަދި 88 ވަނަ
މާއްދާއާ ޚިލާފަށްކަމަށް ތުހުމަތު ކުރާ ހާލަތުގައ،ި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) ގައިވާ ގޮތުގެ މަތިން މިވަގުތު ޢަމަލުކުރުން މަޑުޖައްސަންޖެހެއެވެ.” ސުޕްރީމް ކޯޓު

އެ ކޯޓުން ބުނެފައިވާގޮތުން މީގެ ކުރިން މެމްބަރުންގެ އަދަދުތައް ގުނާފައިވަނީ ގާނޫނުގައިވާގޮތެމަތިންކަމަށްވުމުން ސަރުކާރުން ހުށައަޅާފައިވާ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލުތައް މަޖިލީހުން ދަމަހައްޓަންޖެހޭނެކަމަށެވެ. ސުޕްރީމް ކޯޓުގެ މި އަމުރު ބިނާވެފައިވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ރައުޔުގެ މައްޗަށްކަމަށްވާއިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދުވަނީ އެ ރައުޔުއަށް ތާއީދުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކުގެ ތެރެއިން އަމަލު ކުރުން މަޑު ޖައްސާލުމަށް ސްޕްރީމް ކޯޓުން އަމުރު ކުރި މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަކީ މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާ މާއްދާއެވެ.

އަމަލު ކުރުން މަޑު ޖައްސާލުމަށް ސްޕްރީމް ކޯޓުން އަމުރު ކުރި މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގ ޖުމްލަް މެންބަރުންގެ ޢަދަދު ގުނުމުގައި ބަލާނީ އެވަގުތުް މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި
މެންބަރުންގެ ޖުމްލަްޢަދަދަށް ކަމަށެވެ.

ގަވާއިދުގެ 49 ވަނަ މާއްދާގެ (އ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާއި ހަމައަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުމުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ. އަދި އެ މާއްދާގެ (ވ) ގައި ބުނެފައި ވަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ އެ  ބަދަލެއް އަންނަ ތާރީޙް ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާނު ކުރަން ވާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: