ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް، ޕީއެންސީ ނޫން ދެން އޮތް ޕާޓީތައް ތިބީ ގައުމަށް ޣައްދާރުވެގެން: ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް، ޕީއެންސީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއް މިއަދު އޮތީ ދިވެހި ގައުމަށް ޣައްދާރުވެފައިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން ގއ. ވިލިނގިލިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށާއި، އަދި ދެ ގައުމުގެ ދެމެދުގައި ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދައި އޭގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން އެބަތިބިކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ މި ކެމްޕެއިނަށް ސަރުކާރު މެމްބަރުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

“އިންޑިއާ އައުޓް” ގޮވާލުން ހުއްޓާނުލާނެކަން ފާހަގަކޮށް، ރައީސް ޔާމީން ޖަލްސާގައި ވިދާޅުވީ ބޭރުގެ ގައުމަކަށް ދިވެހިންގެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އިންޑިއާއިން ރާއްޖޭގެ މައްޗަށް އަތް ގަދަ ކުރަން މަސައްކަތް ކުރާއިރު ވެސް އެކަމުގައި ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ އެއީ އެކަން ދޭހަވާ ސަބަބެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގައުމު އެހެން ބައެއްގެ އަތް މައްޗަށް ސަރުކާރުން ދޫކޮށްލާފައިވާއިރު މި މަންޒަރު ބަލަން އެހެން ސިޔާސީ ލީޑަރުން ތިއްބެވުން މިއީ މިބޭފުޅުން ގައުމަށް ވާ ނާއިންސާފެއްގެ ބޮޑުކަން ނޫންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ދިވެހި އަސްކަރިއްޔާގައި ސިޔާސީ ކުލަ ޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އެކަމުގެ އަޑީގައި ތިބި މީހުންނާއި، ގާނޫނު އަރައި ހަމަ ކުރާނެ ކަމަށެވެ.

އިންޑިއާ ސިފައިން ތިބި އެއްވެސް ތަނެއްގައި ދިވެހި އަސްކަރިއްޔާގެ ބާރެއް ނެތްކަމަށް ރައީސް ޔާމީން ދައްކަވާ ވާހަކަތައް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ތިބިއިރު އެ މީހުން ދިވެހި ސިފައިންގެ މައްޗަށް ބަސް ބުނަމުން ގެންދާ ކަމަށެވެ.

ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭކަމަށް އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަށް ސަރުކާރުގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން މި ކެމްޕެއިން ކުރިޔަށް ގެންދަނީ އިންޑިއާއި އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާއި، އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބެ އެ މީހުންގެ ބޭސްއެއް ގާއިމު ކުރަމުންދާކަމަށް ބުނެ އެވެ. ނަމަވެސް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފާއި، ސެރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އިދިކޮޅުން މި މައްސަލައިގައި ކުރިޔަށް ގެންދާ ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، ޖަލުން މިނިވަންވުމަށް ފަހު ރައީސް ޔާމީން ގެންދަވަނީ އަތޮޅުތަކުގައި ހިންގާ މި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: