ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ޔުކްރޭންގައި ތިބީ 12 ދިވެހިން: ފޮރިން މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ނާދެވި ޔޫކްރެއިންގައި 12 ދިވެހިން އަދިވެސް އެބަތިބިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދު ވިދާޅުވީ ރަޝިޔާ ޔޫކްރެއިންގެ މަސްރަހު ގޯސްވަމުން ދިއުމާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ހާލަތު ގާތުންބަލައި، އެ ޤައުމުގައި ތިބި ދިވެހިންގެ މަޢުލޫމާތު ހޯދަމުން ދިޔަކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންނަށް ހަމަލާދޭން ފަށާނެކަމުގެ އިންޒާރު ދިނުމާއެކު، ޑިޕްލޮމެޓިކް މަޢުލޫމާތުތަކަށް ރިޔާއަތްކޮށް ޓްރެވެލް އެޑްވައިޒަރީއެއް ނެރުނުކަމަށް ހުމައިދު ވިދާޅުވިއެވެ. އެގޮތުން ދިވެހިން އެެޤައުމަށް ދަތުރު ނުކުރުމަށާއި، އެޤައުމުގައި ތިބި ދިވެހިން ރަޖިސްޓްރީވުމަށް އެންގިކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހުމައިދު ވިދާޅުވީ، ޔުކްރައިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިއަދު މާލެ ގެނެވޭނެކަމަށެވެ. އަދި ދާދިފަހުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިވަގުތު 12 ދިވެހިން ޔޫކްރެއިންގައި ނުނިކުމެ ތިބީ ހާލަތުގެ ނުރައްކާކަމުންކަމަށެވެ.

ހުމައިދު ވިދާޅުވީ އެމީހުން ހަންގޭރީއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ދަތުރުކުރުމަކީ މިވަގުތަށް ރައްކާތެރިކަމެއްކަމަށް ނުފެންނަކަމަށެވެ. މިހާރު އެ 12 ދިވެހިން ތިބި ސަރަހައްދުން ހަންގޭރީގެ ބޯޑަރާއި ހަމައަށް ދަތުރުކުރުމަށް 15 ގަޑިއިރު ނަގާނެކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު ޓްފިކްގެ ތާށިކަމުން އެއަށްވުރެވެސް ގިނަ އިރު ނަގާނެކަމަށް ހުމައިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: