ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޅެތި ތަގުރީރުގެ ބަދަލުގައި، އިންތި ހޯދަނީ މެމްބަރުންގެ ހިޔާލާއި، ކަންބޮޑުވުން: ވައްޑޭ

އިންތިގެ ކެމްޕެއިން ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓީޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ކެމްޕެއިންތަކަށް ރަށްތަކަށް ގިނަ މީހުންނާއި އެކީ ގޮސް، ޖަލްސާއެއް ބާއްވައި ތަގުރީރަކުން ނިންމާލާ ޕާޓީއެއް ނޫންކަމަށާއި އަހަންވީ ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުމާއި ހިޔާލުތައްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

އިންތިގެ ކެމްޕެއިން ކުރިޔަށް ދާ ގޮތާއި ބެހޭ ގޮތުން މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، އެމްޑީޕީގެ އުސޫލަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެއަށް ހައްލު ގެނައުން ކަމަށެވެ. އަދި އާއްމު މެމްބަރުންނާއި ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެރުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އިސްލާހުތަކެއް ގެންނަން ޖެހޭ ގިނަ ކަންކަން ހުރިކަން ގަބޫލު ކުރާކަމަށާއި، ހިންގުން ވެސް ހަރުދަނާ ކުރަން ޖެހިފައިވާކަން ވެސް ގަބޫލު ކުރާކަމަށް ވައްޑެ ވިދާޅުވި އެވެ. އެހެންކަމުން އެކަންކަން ދެނެގަތުމަށް ނުވަތަ މައްސަލަތައް ހައްލު ކުރުމަށް ދެން ދާންވީ ޕާޓީގެ މެމްބަރުންގެ ގާތަށްކަމަށް ވައްޑެ ވިދާޅުވި އެވެ.

”އަޅުގަނޑު އަރާފަ، އަޅުގަނޑަށް ފެންނަ ހައްލު.. އިމްތިޔާޒް ފަހުމީ އަރާފައި އިމްތިޔާޒް ފަހުމީއަށް ފެންނަ ހައްލުތަކުގެ މޮޅެތި ތަގުރީރުތަކެއް ދެނީކީ ނޫނޭ… ސީދާ މެމްބަރުންގެ ކައިރީ އަހަނީ ޕާޓީ ހިނގާ ގޮތާއި ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ.. އެ ހިޔާލު އަޑުއެހުމަށް ފަހު އެއަށް ހިޔާލުތަކެއް އަޅުގަނޑުމެން ހުށަހަޅަނީ“ ވައްޑެ

ވައްޑެ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ތިރިން މައްޗަށް ވާސިލް ކުރެވެން އޮތީ، ރައްޔިތުންގެ ހުރި ޝަކުވާ އާއި މަޝްވަރާ އަދި ހިޔާލަށް ފުރުސަތު ދީގެން ކަމަށެވެ. ވައްޑެ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހެއް އޮންނަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ އެވެ.

ކެމްޕެއިނުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރު ކުރާނެކަން ފާހަގަކޮށް، ވައްޑެ ވިދާޅުވީ އެންމެ ފަހުން ފުވައްމުލައް ސިޓީއަށް ކުރި ދަތުރުގައި ވެސް ދެ ދުވަސް އެކީ ހޭދަ ކުރީ ރައްޔިތުންގެ ގާތަށް ގޮސް ހިޔާލުތައް އަޑުއެހުމަށް ކަމަށެވެ. އެއްވެސް ގޮތަކަށް، އެބޭފުޅުން ބޭނުންވާ ގޮތުގެ ބަސް އިއްވައި، ގަދަ ބާރެއް ދައްކަން ނޫޅޭކަމަށާއި މެމްބަރުންގެ ފަރާތުން ޕާޓީއަށްޓަކައި ކުރާ އުންމީދުތައް އޭގެ ސަބަބުން ގާތުން ފެނިގެންދާކަން ވައްޑެ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވައްޑެ ވަނީ، ޗެއާޕާސަންގެ އިންތިހާބާއި ދިމާކޮށް ނުފޫޒުތަކެއް ފޯރުވުމަށް ކުރަމުންދާ މަސައްކަތްތައް ޝަކުވާގެ ސިފައިފައި ޕާޓީގެ ގުނަވަންތަކަށް ހުށަހަޅާނެކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބަކާއި ކައިރިވުމުން ވަޒީފާގެ ބިރު، ނުވަތަ ވަޒީފާ ދޭނެކަމަށް ބުނެ ވާހަކަ ދެއްކުމަކީ އެއީ އެމްޑީޕީ އުސޫލުތަކެއް ނޫންކަމަށް ވައްޑެގެ ވާހަކައިގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: