ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދެ ފެކްޝަނަށް ވެ އެއް ބަޔަކު އަނެއްބަޔަކަށް “އިދިކޮޅަށް” ގޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު ވަޒީފާއިން ވަކި ކުރި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެއީ ސަރުކާރާއި އިދިކޮޅުވުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފި އެވެ.

އީވާ މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހަބާއި ގާތް ވެފައިވަނިކޮށް ސިޔާސީ މަގާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކި ކުރި މައްސަލަ ޕާޓީގެ އެތެރޭގައި ބޮޑު އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހަށް ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ތަރުޖަމާނުކަން ވެސް ކުރައްވާ ވައްޑެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ އެމްޑީޕީގެ އިންތިހާބުގައި ވަކި މީހަކަށް ތާއީދު ކުރަން މަޖުބޫރު ކުުރުމާއި، އަދި އެ މީހަކަށް ތާއީދު ނުކުރާނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކަމުން ދާ ކަމަށެވެ. އަދި އިންތި ޗެއާޕާސަނަކަށް ގެންނަން ތާއީދު ކުރި ފަރާތެއް ވަޒީފާއިން ވަކި ކުރުމަކީ ރައްޔިތުން ސަރުކާރަަށް ކުރަމުންދާ ތާއީދާއި، އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ވެއެވެ.

ވައްޑެ މި މައްސަލަ މަޖިލީހަށް ހުށަހެޅީ ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އާއި ގުޅިގެންނެވެ. އަދި މިއީ މި އިންތިހާބުގައި ވަކި މެންބަރަކަށް ތާއީދު ނުކުރުމުން ހިންގި އަމަލެއްގެ ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އިންތިގެ ކެމްޕެއިނުގައި އުޅޭނަމަ ވަޒީފާއަށް ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް އަތުވެދާނެކަމަށް ބުނެ އެކަމުގެ ބިރު އެތައް ބަޔަކަށް ދައްކާފައިވާ ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރަނީކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަ ކުރެއްވުމުން އީވާ ވަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ. އީވާ ވިދާޅުވީ ވަކި ބަޔަކަށް މިއީ ސަރުކާރާއި ދެކޮޅުވުންގެ ގޮތުގައި ސިފަ ކުރެވުނަމެސް އެނާއާއި ވައްޑެ އަދި އިންތި މެންފަދަ ބޭފުޅުން އަދި އިންތިގެ ކެމްޕެއިން ޓީމުގައި ހިމެނޭ ހުރިހާ މެމްބަރުންނަކީ އެމްޑީޕީގެ އިހުލާސްތެރިން ކަމަށެވެ. އަދި އެބޭފުޅުން ހާ އިހުލާސްތެރި ބައެއް އެމްޑީޕީގައި ނުތިބޭނެކަމަށް އީވާ ވިދާޅުވި އެވެ.

މި ސަރުކާރު އުފެދުނީ ވަކި ބައެއް ކުރި މަސައްކަތުން ނޫންކަމަށާއި، މިއީ އެމްޑީޕީގެ އެތައް މެމްބަރެއްގެ ބުރަ މަސައްކަތްތައްކަން އީވާ ފާހަގަ ކުރެއްވި އެވެ.

“އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހްމީ، އިއްޒަތްތެރި މެންބަރު މުހައްމަދު ވަހީދު، އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހްމީގެ މި ޓީމު، އަޅުގަނޑުމެންނަށް ވުރެ ވަކި މި ސަރުކާރަށް އިޚްލާސްތެރި ބަޔަކު ވެސް ނުތިބޭނެ” އީވާ

އީވާ ވިދާޅުވީ ބޭއިންސާފަށް އަޑު އުފުލުން އެއީ އެމްޑީޕީގެ ސިފައެއް ކަމަށެވެ. އަދި އެކަން ހިނގަނީ ސަރުކާރުގެ އެތެރޭގައިކަމުގައި ވާނަމަ އެކަން ފާހަގަ ކުރާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އީވާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ވަކި މީހަކަށް ތާއީދު ނުކުރާތީކަމަށް ބުނެ ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ. އެހެން ނޫނީ ކުރިޔަށް އޮތް 2023 އެމްޑީޕީއަށް ލިބޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އިންތިހާބު ކާމިޔާބުވުމާއި މެދު ޖެހޭނީ ހަނދާން ނައްތާލަންކަމަށް އީވާ ވިދާޅުވި އެވެ.

“ވަޒީފާއިން ވައްކެއް ނުކުރެވޭނެ.. މިހެނެއް މި ކަން ނުކުރެވޭނެ” އީވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިގި އަނިޔާވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި ހިގާ ދިޔަ ކަންތައްތަކުގައި އިންތި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އީވާ ވަނީ އެ މަސައްކަތް އެބޭފުޅާ ނުކުރެއްވި ނަމަ އޮންނާނީ ކޮން ސަރުކާރެއްތޯ ސުވާލު އުފައްދާފައެވެ.

މައްސަލަ ހުށަހަޅުއްވައި ވައްޑޭ ވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާހަގަ ކޮށްފައިވެއެވެ. އީވާ އެކޭ އެއްފަދައިން ވައްޑެ ވެސް ތުހުމަތު ކުރެއްވީ މިއީ ވަޒީފާ އަދާކުރަމުން އަންނަ އެތައް ބަޔަކަށް ދެއްކި ބިރެއްކަމުގައެވެ. އެހެން ކަމުން މި މައްސަލަ ރައީސަށް ހުށަހަޅައިގެން ވިޔަސް ނުވަތަ މަޖިލީހުގެ ތަޅުމުގައި އާއި އެހެން ގޮތްގޮތުން ވެސް ފާހަގަ ކުރާނެކަމަށް ވައްޑެ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: