ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފް ކޮންމެ ދުވަހަކުވެސް ކޮންމެ ވެސް އެއް ކޯޓެއްގަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ ވެރިކަމުގެ ދުވަސް ވަރުގައި އާއި، މި ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އުޅެން ޖެހުނީ ކޮންމެވެސް ކޯޓެއްގައިކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ، މިއަދުގެ 01:30 ގައި އޭނާގެ މައްޗަށް އުފުލި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމެއް ކުރިޔަށް ގެންދިއުމުންނެވެ. އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން މިއަދު ކްރިމިނަލް ކޯޓުން މަހުލޫފްގެ މައްސަލަ ވަނީ ބޭރުވެސްކޮށްލާފަ އެވެ.

މީޑިއާތަކާއި ސިޔާސީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ މި މައްސަލައިގައި މަހުލޫފް ސީރިއަސް ތުހުމަތުތަކެއް ވެސް ކުރައްވާފައި ވެއެވެ. ޝަރީއަތަށް ވަދެވަޑައިގަތުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ ހަފްތާގެ ކޮންމެ ދުވަހެއްގައި އޭނާ އުޅުނީ ކޮންމެސް ކުޅިވަރު ކޯޓެއްގައިކަމަށެވެ. އަދި މިއަދު އޭނާ ދާން ޖެހުނީ ކްރިމިނަލް ކޯޓަށްކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރާއި މިހާރުގެ މަޖިލީހުގެ ގިނަ މެންބަރުން ބޮޑެތި އަދަދުން ފައިސާ ނެގިކަމުގެ ތުހުމަތުތައް ކުރެވެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން މަހުލޫފްގެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގައި ތަށިވެފައި އޮތުމަށް ފަހު، ކޯޓަށް ހުށަހެޅިތާ ވާނީ ދޮޅު މަސް ދުވަހެވެ. މީގެ ކުރިންވެސް މި މައްސަލަ އާއި މެދު ގޮތެއް ނުނިމި ޕީޖީގައި ދިގުލައިގެން ދިޔައީވެސް އުންސުރު ހަމަ ނުވާތީކަމަށް ބުނެ އެވެ.

މަހުލޫފްގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް މައްސަލަ ބައްލަވާ ގާޒީ މިއަދު ނިންމެވީ ހުށައަޅާފައިވާ ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަ ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތު ކުރެވިދާނެ ފަދަ ހެއްކަކަށް ނުވާތީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: