ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ބެލިޔަސް ދެވަނަ ދައުރެއް ދޭންޖެހޭ: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެނެސްދެއްވާފައިވާ ތަރައްގީތަކަށް ބެލިނަމަވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގެ ގަލޮޅުގައި އެ ޕާޓީއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން މަހްލޫފު ވިދާޅުވީ، ރައީސް ސާލިހުވަނީ ކުޅިވަރުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ގެންދެއްވާފައިކަމަށާއި ދެވަނަ ދައުރެއް ދޭންޖެހޭކަމަށެވެ.

މަހުލޫފު ވިދާޅުވީ، ވޯޓުލުމުގެ ފުރަތަމަ ބުރުގައި ރައީސް ސާލިހަށް ލިބުނީ އުންމީދުކުރެއްވި ނަތީޖާ ނޫންކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. އަދި މެމްބަރުން ތަންކޮޅެއް “ފޮނިވީ” ކަމަށް ލަފާކުރެއްވޭކަމަށާއި އެހެންނަމަވެސް އެކަމުން ނުކުންނަންޖެހިފައިވާކަން ރޭކާލައިފިކަމަށާއި ގަލޮޅުގައި ދިރިއުޅޭ މީހުން ރައީސް ސާލިހު ހޮވުމަށް ނުކުމެ ތިބިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވާދަވެރި ފަރާތްތަކުން އެމްޑީޕީ “ލާދީނީ” ގޮތުގައި ސިފަކުރާކަމަށެވެ. އެހެންނަމަވެސް މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާގެ މާހައުލުން ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވީ ރައީސް ސާލިހުކަަމަށާއި ދީނީ އިލްުމު އުނގަންނައިދިނުމުގެ ފުރުސަތު މި ސަރުކާރަށްވުރެ ބޮޑަށް ހުޅުވާލައި މިނިވަންކަން ދީފައިނުވާނެކަމަށެވެ. އަދި އެމްޑީއެން އުވާލީވެސް ރައީސް ސާލިހުގެ ސަރުކާރުންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: