ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ދެވަނަ ބުރު ކާމިޔާބުވާނެކަން ތާރީހަށް ބެލުމުން ފެނޭ: މަހުލޫފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިންތިހާބީ ތާރީހަށް ބެލުމުން ދެވަނަ ބުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ މަންޒަރު ފެންނަކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ސާލިހުގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާއިރު، މަހްލޫފްވަނީ އަދިވެސް އުންމީދެއް އޮތްކަމަށް ސިފަކުރައްވާ ޕޯސްޓެއްކުރައްވާފައެވެ. އޭނާ ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ އޭނާގެ ސިޔާސީ ހަޔާތުގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި ނަތީޖާކަމަށެވެ.

އެހެންނަމަވެސް ނަތީޖާގެ ސަބަބުން ފެނިގެންދާ ހަގީގަތް ގަބޫލުކުރައްވާކަމަށާއި އެހެންކަމުން އެ ހަގީގަތް ހަޖަމު ކުރެއްވުމަށްފަހު ހެދިފައިވާ ގޯސްތައް ރަނގަޅުކުރައްވައިގެން ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، 2008 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް މައުމޫންއަށް ލިބިވަޑައިގަތީ 45 އިންސައްތަ ކަމަށާއި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 25 އިންސައްތަކަމަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ރައީސް ނަޝީދު އިންތިހާބު ކާމިޔާބުކުރެއްވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދުކަމަށެވެ. އެގޮތުން 47 އިންސައްތަ ވޯޓު ލިބިވަޑައިގެންކަމަށާއި އެހެންނަމަވެސް ދެވަނަ ބުރުގައި ރައީސް ޔާމީން އެ އިންތިހާބު ކާމިޔާބުކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ، ތާރީހަށް ބެލުމުން ދެވަނަ ބުރެއްގައި ރައީސް ސާލިހަށް އިންތިހާބު ކާމިޔާބުކުރެވޭނެކަމަށް ފެނިގެންދާނަކަމަށެވެ. އެހެންކަމުން އެންމެންވެސް އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ގަދަ އަޅައި މަސައްކަތްކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: