ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނެގީ ރައްޔިތުންގެ ހައްގުގައި، ދެވަނަ ދައުރެއް ދިނީމަ އެ ދަރަނިވެސް ރައީސް ދައްކާނެ: މަހުލޫފް

ށ މިލަންދޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސްގެ ކެމްޕެއިން ޖަލްސާގައި މަހުލޫފް ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ބަލި މަޑުކަމުގެ ތެރެއިން މި ސަރުކާރުން ދަރަނި ނެގީ ރައްޔިތުންގެ ހައްގުގައިކަމަށާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުމުން އެ ދަރަނި ދައްކަވާނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުތަކުގައި ކެބިނެޓުގެ ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ. މަހުލޫފު ވަނީ ރައިސް ސާލިހާއިގެ އަރިހުގައި ށ އަތޮޅަށް ވަޑައިގެންފައެވެ. ށ މިލަންދޫގައި ބޭއްވި ޖަލްސާގައި މަހުލޫފު ވާހަކަދައްކަވާފައިވާއިރު، އޭނާ ވިދާޅުވީ މިލަންދޫއިން ރައީސް ސާލިހަށް ކީ މަރުހަބާއިންވެސއެމަނިކުފާނު މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމުގެ ހެކި ފެނިގެންދިޔަކަމަށެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމަށް އިޝާރާތްކުރައްވާ، އެ ބަލީގައި ރާއްޖެއިން 10،000 އެއްހާ މީހުން މަރުވެގެންދާނެކަމަށް ބައެއް ބޮޑެތި ބޭފުޅުން ބުނިކަމަށް ފާހަގަކޮށް މަހުލޫފު ވިދާޅުވީ ނަމަވެސް އެ ހަލާތު ރާއްޖެއަށް ނުޖެހުނުކަމަށެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި މިލިއަނުން މީހުން މަރުވަމުންދިޔަކަމަށާއި، ޑޮކްޓަރުންގެ ލަފައާއިއެކު ރައީސް ސާލިހު އެޅުއްވި ފިޔަވަޅުތަކަކީ ރާއްޖެއަށް އެ ހާލަތުން އަރައިގަނެވުނު ސަބަބުކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ރައްޔިތުންތަކެއް، އެ ފަރާތްތަކަށް ހެޔޮ ރަހުމަތް ލެއްވުން އެދި އަޅުގަނޑު ދުއާކުރަން، އެކަމަކު އަޅުގަނޑުމެންގެ ކައިރި ގައުމުތަކުން މި ދެންނެވީ އެތައް ލައްކައިން، އެތައް މިލިއަނުން މީހުން މަރުވެގެންދިޔައިރު، އެކަން އަޅުގަނޑުމެންނަށް ކޮންޓްރޯލްކުރެވުނީ ހަގީގަތުގައި ރަނގަޅު ނިންމުންތަކެއް ނިންމިފަ ހުރީމަކަށް، އެއީ އަޅުގަނޑުމެން ދިވެހި އެއްވެސް ރައްޔިތަކު ސުވާލުކުރާނެކަމެއް ނޫން.

މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް ކުރިއަށް އޮންނަ 3 މަހު އެއްވެސް ރައްޔިތަކަށް މުސާރަ ނުދެވޭނެކަމަށާއި، އަދި ކާޑު ނުލިބޭނެކަމަށް ބޮޑެތި އިކޮނޮމިސްޓުން ބުނިކަމަށާއި، އަދި ސިޔާސީ ގޮތުން ބިރުދެއްކި ބަޔަކުވެސް ތިބިކަމަށް މަހުލޫފް ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިޒަމް ހަލާކުވެގެންދާނެކަމަށް ބުނެ އޭރު ދެކެވުން ވާހަކަތަކަށް އިޝާރާތްކުރައްވާ މަހުލޫފް ވިދާޅުވީ، ނަމަވެސް އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލި އިގްތިސާދު ކޮޅަށް ޖެހުނީ ރައީސް ސާލިހުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.

ދަތި އުނދަގުލުގައި އުޅުން ރައްޔިތުންނަށް އިންކަމް ސަޕޯޓްދެއްވާ ލޯނުދެއްވިކަމަށާއި، އެކަން ކުރަން ދަރަޏަށް ފައިސާ ހޯދި ނަމަވެސް އެއީ ރައްޔިތުންގެ ހައްގުގައި ނެގި ދަރަނިކަމަށް މަހުލޫފު ވިދާޅުވިއެވެ. އެ ލޯނު ނުނެގިނަމަ ގައުމު މި ހާލަތުގައި ނޯންނާނެކަމަށް ފާހަގަކޮށް މަހުލޫފް ވަނީ ރައީސް ސާލިހު ށ އަތޮޅަށް ކޯށްދެއްވާފައިވާ ކަންކަމާއި، އަދި އެހެން ރަށްތަކަށްކޮށްދެއްވާފައިވާ މަސައްކަތްތަކާއި ގުޅިގެންވެސް ވާހަކަދައްކަވާފައެވެ.

މިހުރިހާ ކަންކަމަށް ބެލުމުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ސަބަބު ސާފުވާނެކަމަށާއި، އަދި ރައީސް ސާލިހަށް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ބޮޑު ތާއީދެއް އެބައޮތްކަމަށް މަހުލޫފް ވިދާޅޫވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: