ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1،989 ޖަމިއްޔާއެއް އުވާލަން ނިންމުން: އަލުން ރަނގަޅަށް ބަލަން މަހުލޫފް އެދިވަޑައިގެންފި

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

1،989 ޖަމިއްޔާއެއް އުވާލަން ޔޫތް މިނިސްޓްރީއިން ނިންމާފައިވާތީ، އަލުން އެކަން ރަނގަޅަށް ބެލުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އެދިވަޑައިގެންފިއެވެ.

ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ޔޫތު މިނިސްޓްރީއިން ނިންމާފައިވާކަން މީޑީއާތަކުން ރިޕޯޓުކުރީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އުވާލަން ނިންމާފައިވާ ޖަމިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.

މިހާރު އިއުލާނު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭނަމަ، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތް ކަމަށް ވެސް ޔޫތު މިނިސްޓްރީގެ އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބެމުންދާކަމަށް ވިދާޅުވެ، މިނިސްޓަރ މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި، ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އޭނާއަށްވެސް ފެނުނީ ނޫސްތަކުންނެވެ.

އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ހިމެނޭކަމަށެވެ. އެހެންކަމުން މިކަންކަން ބަލާ ރަނގަޅުކުރުމަށް ރިކުއެސްޓު ކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: