ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުން އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަނީ!

ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ އިދާރާއިން އުފައްދާ ވީޑިއޯތަކުގައި ބޭނުންކުރުމަށް އެ އިދާރާއަށް ފުރިހަމަ ކޮޕީރައިޓްސްގެ ހައްޤު އޮންނަ، އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުމަށް ވަނީ ހުޅުވާލަފައެވެ.

ބީލަން ހުށައެޅުމަށްޓަކައި ރަޖިސްޓްރީ ކުރެވުމަށް https://forms.office.com/r/jqa821ff0Y މި ލިންކް ބޭނުން ކުރެއްވުމަށް ވަނީ އެދިފަ އެވެ. ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 09 މާރިޗު 2022 ވާ ބުދަ ދުވަހުގެ 11:00 އެވެ.

ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުން އެއްވެސް ސުވާލެއް އޮތްނަމަ ފޮނުވުމަށް ކަނޑައަޅާފައިވާ މެއިލް ވަނީ ތިރީގައިވާ އިއުލާނުގައި ބަޔާން ކޮށްފައެވެ.

https://www.gazette.gov.mv/iulaan/184573

އަދި އެއްވެސް ސުވާލެއް އޮތް ނަމަ 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11 ގަޑި ސުން މިނިޓުގެ ކުރިން ހުށައެޅުމަށް ވަނީ އެދިފައެވެ.

13 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ތަކުގެ ޖަވާބު ފޮނުއްވާނެ ކަމުގައި އިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަން ހުށައެޅުމަށް ކަނޑައެޅިފައިވަނީ 15 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރައަށެވެ. އަދި މި ފުރުސަތު ދެވިގެން ދާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

ބީލަން ހުށައެޅުމަށް ހަމަޖައްސާފައިވާ ތާރިހަކީ އެއްވެސް ސަބަބަކާއި ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ކަމުގައި ވަނީ އިއުލާނުގައި ސަމާލުކަމަށް ގެނައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: