ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޙާބު ލިބޭނީ ގަޓު ހުރި ލީޑަރަކާއި އެކު، ފައްޔާޒާއި ރޮޒެއިނާ އެމްޑީޕީ ހިންގާލާނެ: ނިޒާރު

އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް އާއި އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ލިބިގަންނަށް ބޭނުން ވަނީ “ގަޓު” ހުރި ލީޑާޝިޕްއެއް ކަމަށާއި ޕާޓީ ހިންގާލުމަށް ބޭނުންވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން އުފެދި، ޕާޓީގެ މެމްބަރުން ގެންދަވަނީ ތާއީދު އޮތީ ކޮން ބޭފުޅަކަށްކަން ހާމަ ކުރައްވަމުންނެވެ. ޕާޓީ ދެބަޔަކަށް ބެހި އިންތިހާބުގެ ކެމްޕެއިންތައް ކުރިޔަށްދާއިރު ފައްޔާޒާއި ރޮޒެއިނާ ދެބޭފުޅުން މިވަގުތު ތިއްބެވީ އައްޑޫގަ އެވެ.

އައްޑޫ ކެމްޕެއިނުގައި ފައްޔާޒާއި އެކު ހަރަކާތްތެރިވަމުން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގެ ތަރައްގީގެ މަސައްކަތްތަށް އެންމެ ގާތުން ބައްލަވައި މަޝްވަރާ ދެއްވާ ބޭފުޅަކީވެސް ފައްޔާޒް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރެ ވަނީ ބޮއްސުލައި ދެ ފެކްޝަންއަކަށްވެފަ އެވެ. ޕާޓީގެ އެއްމެންބަރަކު އެނެއް މެނބަރަށް އިގިލި ދިއްކޮށް އިދިކޮޅަށް ގޮވަމުން ދާއިރު މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ވަނީ ނުފޫޒުގެ ބޭނުން ކޮށްގެން ވަޒީފާއިން ބިރު ދެއްކާކަމުގެ ތުހުމަތު ވެސް އެޅުވިފަ އެވެ.

ނިޒާރަކީ ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނޭކަމަށް ބުނެ، ކައުންސިލް އިންތިހާބުގެ ތެރޭގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިއުން އަމާޒުވި ބޭފުޅެކެވެ. އަދި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އޭނާއާއި މެދު ނުރުހުންފާޅު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: