ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްފުށީ ފަޅުގައި ރިސޯޓް ހެދުން ހުއްޓުވި މައްސަލަ ހައިކޯޓުން ބޭރު ކުރުމުން ސުޕްރީމް ކޯޓަށް!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކުރުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލަށް 2015 ގައި އެ ފަޅު ކުއްޔަށް ދީފައިވަނިކޮށް 2017 ގައި އޭނާގެ އަތުން ރަށް އަތުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ރަށުގައި ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ކޯޓުން ނެރުނު ވަގުތީ އަމުރާއި އެކު ރިސޯޓާއި ބެހޭ އެއްވެސް މަސައްކަތްތަކެއް ކުރިޔަށް ނުގެންދިއުމާއި އެކަމުގެ ހުއްދަ ދިނުން ވެސް ހުއްޓުވި އެވެ.

އެހެންވެ މައްސަލަ ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ކުރި ހުކުމުގައި ވަނީ ހުކުމުގައި ވަނީ އެއްބަސްވުން ބާތިލް ކުރިއިރު ދިއްފުށީ ފަޅުގައި ހާމިދު ހަރަދު ކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އޭނާގެ ފަރާތުން ބުނާ ކަމަށާއި، އެކަމަށް ދައުލަތުން ވެސް އިންކާރުކޮށްފައި ނުވާ ކަމަށެވެ. ރަށުގެ މަސައްކަތް ކުރިޔަށް ގެންދިއުން އެހެން ބަޔަކާއި ހަވާލުކޮށްފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް އެ މީހުން ދިއްފުށީގައި އެއްވެސް މަސައްކަތެއް ކުރޭތޯ ނޫންތޯ ދައުލަތުގެ ބަހުން އެނގެން ނެތްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

މި ނުކުތާތަކަށް ރިއާޔަތް ކުރުމަށް ފަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ސިވިލް ކޯޓިގެ އަމުރު ބާތތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުއައިބު ހަސަން އެވެ.

2017 ގައި ދިއްފުށީ ފަޅު ޓޫރިޒަމް މިނިސްޓްރީން އަލުން ބިޑަށްލީ ތިން އަހަރުގެ ތެރޭގައި ތަރައްގީ ކުރަންޖެހޭގޮތަށް 50 އަހަރަށް ތިން މިލިއަން ޑޮލަރަށެވެ. އޭރު ހާމިދު ދިޔައީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންނެވެ. ރަށް ބިޑަށް ލުމުން ހާމިދުގެ އާއިލާއިން ބަޔާނެއް އާއްމުކޮށް ބުނީ އެއްބަސްވުމާއި ހިލާފަށް ޓޫރިޒަމް މިނިސްޓްރީން އަމަލު ކުރާތީ ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ހާމިދުގެ ވިޔަފާރިތައް ބިނާވެފައި ވަނީ އަހަރުތަކެއް ވަންދެން އޭނާ ބުރަ މަސައްކަތުން ހޯދި ފައިސާއަށް ކަމަށް ވެސް އާއިލާއިން ބުންޏެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މާލެ އަތޮޅު ބައެއް ފަޅުތައް ތަރައްގީކޮށް އިންޓަގްރޭޑެޓް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް ނިންމައި ބައެއް ކުންފުނިތަކާއި ރިސޯޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: