ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އިސްވެރިން އެފްބީއައި އާއި ބައްދަލު ކުރައްވައިފި

ފުލުހުނަގެ އިސްވެރިން އެމެރިކާއަށްކުރެއްވި ފޮޓޯ އެފްބީއައީދަތުރުފުލުގެތެރެެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް އަދި ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާ އެކު ފުލުހުންގެ އިސްވެރިން މައުލޫމާތު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ އެ އޭޖެންސީގެ ކައުންޓަރ ޓެރަރިޒަމް ޑިވިޜަނާއި ބައިނަލްއަގުވާމީ އޮޕަރޭޝަންސް އާއި ގުޅޭ ޑިވިޜަނުގެ މަސައްކަތްތައް ހިނގާނެ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސްވެރިންނާއި މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން މި ބައްދަލުވުމުގައި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާ އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ވެސް ބައްދަލުކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: