ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލް ސީއާރްއެސްގެ ފަރާތުން ޖެންޑާއަށް 127 ގޮދަޑީގެ އެހީއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާ މިނިސްޓްރީ ކުޑަކުދިންގެ ހިޔާ އަދި ގުރައިދޫ ގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ބައެއް ތަކެތި އެމްޕީއެލްގެ ސީއާރުއެސްގެ ދަށުން ހަދިޔާ ކޮށްފިއެވެ.

މިތަކެތި ޖެންޑާއާއި ހަވާލު ކޮށްދެއްވީ މިކަމަށް ހާއްސަކޮށް އެމްޕީއެލްގައި ބޭއްވި ހަފްލާގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވީސް ފަޒްނާ ޝާކިރެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހަދިޔާ ކުރެވިފައިވަނީ 127 ގޮދަޑި އާއި މެޓްރެސްގެ އިތުރުން އެއަށް ބޭނުންވާ ބެޑްޝީޓު ކަމަށެވެ. މިތަކެތި ކުޑަ ކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭނުން ކުރެވިދާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

މިފަދައިން އެހީތަށް ފޯރު ކޮށްދެނީ ކުންފުނީގެ ކެޕޭސިޓީ ހުރި މިންވަރަކުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އެހީތަށް ވެދެއްވަން މަސައްކަތް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މި ނޫނަސް އެހެން މުޖުތަމައުގެ ހިދުމަތަށް މަސައްކަތް ކުރައްވާ ދާއިރާތަކަށް އެހީ ފޯރު ކޮށްދެވިފައިވާ ކަމަށްވެސް އޭނާގެ ހާމަ ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓާރ ފަޒްނާ ވިދާޅުވީ މި ޑޮނޭޝަން ނުހަނު ލޯތްބާއެކު ބަލައި ގަންނަ ކަމަށާއި މިއީ ކުޑަ ކުދިންގެ ހިޔާގެ ކުރީގެ އިމާރާތެއް މަރާމާތު ކުރެވެމުން ދާ  ދަނޑިވަޅެއްގައި ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މިގޮތަށް ކަމެއް ހިންގޭ ވަރަށް މިނިސްޓްރީގެ އާންމު ބަޖެޓުގައި ނެތްކަން ފާހަގަ ކުރައްވަމުން ފަޒްނާ ވަނީ މިފަދަ އެހީއެއް ވެދެއްވޭތީ އެމްޕީއެލްއަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: