ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ އާއި ބީރައްޓެހި ކަންތައްތަކެއް އެޕްޑީޕީގެ ތެރޭގައި އެބަ ހިނގާ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީ އާއި ބީރައްޓެހި ކަންތައްތަކެއް އެމްޑީޕީގެ ތެރޭގައި ހިގަމުން ދާކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، ޕާޓީގައި މައްސަލަތައް އުފެދި މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުން ވަނީ އާއްމުވެފަ އެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ތެރެއިން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅައި ކުރިޔަށް ގެންދިޔަ ބަހުސްތަކުގެ ތެރެއިން، މެމްބަރުން ވަނީ ހޫނު ޒުވާބުތަކެއްކޮށް ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ. ޕާޓީއަށް އޮތް އިހުލާސްތެރިކަމާއި، އަދި އެމްޑީޕީ އެންމެ ހާލުގައި ޖެހުނު ވަކިވަކި މެމްބަރުން މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެފައިވާނެތޯ ވެސް މަޖިލީހުގައި ބައެއް މެމްބަރުންނާއި ސުވާލު އަމާޒުވި އެވެ. ޕާޓީގެ އެތެރޭގެ މައްސަލަތައް މަޖިލީހުގެ ތަޅުމަށް ގެނައުން އެއީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިކަންކަމަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ޑިމޮކްރަސީގެ އުސޫލާއި އެއްގޮތްތަށް އަމަލުކޮށް ސަރުކާރު ހިންގަންކަމަށް ވީހިނދު މިއާއި ހިލާފަށް ރައީސުލްޖުމްރިއްޔާއަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިސްތިއުފާއަށް ގޮވުން ލަދު ގަންނަ ޖެހޭ ކަމަށެވެ.

ޕާޓިގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ މުހައްމަދު ޝިފާޒް ވަކި ބޭފުޅަކަށް ތާއީދު ކުރަމުން ގެންދެވުންވެސް ސަނީފް ސިފަ ކުރެއްވީ ޑިމޮކްރަސީ އާއި ބީރައްޓެހި ހުތުރު އަމަލެއްގެ ގޮތުގައެވެ. މިގޮތަށް ކަންތައް ކުރައްވަނީ ނަމަ މާދަމާ ޗެއާޕާސަންގެ މަގާމަށް އެހެން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ އެކުގައި މަސައްކަތް ކުރާނެގޮތާއި މެދު ސަނީފް ސުވާލު އުފެއްދި އެވެ.

“އެއީ ޑިމޮކްރަސީ ދަންނަ ގޮތެއް ނޫން، ބީރައްޓެހި ގޮތެއް އެއީ ހުތުރުކޮށް އެކަން އެކުރަނީ ” ސަންނަ ވިދާޅުވިއެވެ.

ސަރުކާރުން ޖަވާބު ދާރީ ކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް ކަމުގައި ވީނަމަވެސް، އެ ޒިންމާ އަދާ ކުރައްވަން ޖެހޭނީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލް ކުރައްވަން ނޫން ކަމުގައި ސަނީފް ވިދާޅުއެވެ.

މަދު ރައްޔިތެއްގެ ވަޒީފާ އަބުރާ އިޔާދަ ކޮށްދެއްވި ނަމަވެސް އަދިވެސް ނުހައްގުން ވަޒީފާ ގެއްލިފައިވާ މީހުން ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ބަލައި މީގެ ކުރިން ނުހައްގުން ވަޒީފާ ގެއްލިފައިވާ މީހުންނަށް އެ ވަޒީފާތަށް ހޯދައިދޭން ކަމަށް ވައުދު އެމްޑީޕީން ވެފައިވާނެކަމަށެވެ.

ފައްޔާޒު ޗެއާޕާސަންގެ މަގާމަށް ގެންނަށް ސަންނަ ތާއީދު ކުރައްވަނީ އެމްޑީޕީ ހިންގާލައި ޕާޓީގެ ތެރޭގައި މިވަމުންދާ އުސޫލާއި ހިލާފު ކައްތައްތައް ހުއްޓުވައި ޕާޓިއަށް ބަދަލެއް ގެނައުމަށް ކަމުގައި ސަނީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: