ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލީ އެއާޕޯޓު: މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގެ މަސައްކަތް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން މ. މުލީގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނީ އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފަޔަރ ޕޮންޑް ގެ ބްލޮކް ކާސްޓިންގ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ވެސް ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުން ހިމެެނެއެވެ. އޭގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ސަރުކާރުން 221.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިިންގާ ތަރައްގީގެ މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މިއަހަރު ހުޅުވޭ ދެ އެއާޕޯޓުގެ ތެރޭގައި މުލީ އެއާޕޯޓު ވެސް ހިމެނޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ މުލީ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓު މިއަހަރު ހުޅުވޭނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: