ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު މިގެންދެވެނީ ރަނގަޅު މަގަށް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާ އިންތިޔާޒް ފަހުމީގެ ލެމްޕެއިން ކުރިޔަށް ގެންދެވެނީ ރަނގަޅު މަގަށް ކަމާއި މެދު ވަރަށް ބޮޑު އުއްމީދަކާއި އިތުބާރެއް ލިބިގެން ހިގައްޖެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ބޭންވިގެން މިދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން އާއި ގުޅިގެން މިއަދު ބޭއްވިގެން ޕްރެސް ކޮންފަރެސްގައި ވައްޑެ މިހެން ވިދާޅުވީ އައްޑޫ އިން ލިބިނު ތާއީދު ފާހަގަ ކުރައްވަމުންނެވެ.

އައްޑޫގެ 300 އަށްވުރެ ގިނަ ގެޔަށް ދޮރުން ދޮރަށް ހިންގަވާ 1000 އަށް ވުރެ ގިނަ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރެއްވިކަން ހާމަ ކުރައްވައި ވައްޑެ ވިދާޅުވީ ރައްޔިތެއްގެ ފަރާތުންވެސް ފެނިގެން ދިޔައީ އެބޭފުޅުންނާއި އަދި އެބޭފުޅުންގެ ކެޑިޑޭޓާއި ދެތެރޭ އޮތް އުފާވެރިކަން ކަމުގައި ވައްޑެ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އައްޑޫއިން އިވިގެން ދިޔާއީ ޖޯޝާއި އުއްމީދުން ފުރިފައިވާ ހެޔޮ އެދުމުގެ ބަސްތަކެއް ކަމަށެވެ.

ވައްޑެ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ އަޑު ވެރިންނަށް އިއްވުމަށްޓަކައި ބަހުސް އެއްވެސް ބޭވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އާއްމު ރައްޔިތުން އަޑު އުފުލުމަށްޓަކައި ޖާގަ ހެއްދެވުމުގެ މަސަކަތް ކުރަމުންގެންދާކަމަށާއި މިކަން ފަހި ކޮށްދެވުމަށް ޕްލެޓްފޯމްތަކެއް ހެދުމުގެ މަސައްކަތްވެސް އެބޭފުޅުންގެ ކެޑިޑޭޓު އިންތި ކުރައްވަމުން ގެންދަވާ ކަމަށްވެސް ވައްޑެ ވަނީ ހާމަ ކުރައްވާފައެވެ.

އިންތިހާބެއްގެ ބޭނުމަކީ ވޯޓުލާ މީހުންގެ ނިންމުން އެއްވެސް ނުފޫޒެއް ނުފޯރާވާނެ މަގަށް އިންސާފްވެރިކަމާއި އެކު ގެނެސްދެއްވުން ކަމުގައި ވީހިދު އިންތިހާބު ފަސްކުރުމަކީ އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއްގެ ގޮތުގައި ވައްޑެ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: