ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް ސާލިޙްކަން އެމްޑީޕީގެ ލީޑާޝިޕުން ގަބޫލު ކުރަން ޖެހޭ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިއަދު ހުންނެވީ އިބްރާހިމް މުހައްމަދު ސާލިޙްކަން އެމްޑީޕީގެ ލީޑާޝިޕުން ގަބޫލު ކުރަން ޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުމާއި ބެހޭ ގޮތުން ސަންގުޓީވީގެ “ހަބަރަށް ފަހު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން މެނިފެސްޓޯއެއް ހަދައި ވަޢުދުތަކެއްވެ ބޭފުޅަކަށް ޕާޓީގެ ޓިކެޓްދީ ސަރުކާރަށް ގެންނަނީ ވީ ވަޢުދުތައް ފުއްދަން ކަމަށާއި އެހެން ކަމުން ޕާޓީގެ ޓިކެޓުގައި ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ޕާޓީން ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ސަނީފް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެމްޑީޕީގެ ބައެއް މެމްބަރުންގެ ކިބައިން އެ މަންޒަރު ނުފެންނަ ކަމަށާއި އެއީ ލަދު ގަންނަން ޖެހޭ ކަމެއްގެ ގޮތުގައި ސަނީފް ސިފަ ކުރެއްވިއެވެ.

ސަނީފް ވިދާޅުވީ މިއަދު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ވާހަކަތައް ހުންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އިބްރާހިމް މުހައްމަދު ސާލިޙްކަން ގަބޫލުކުނަ ްދަތިފުޅު ވާކަން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ޑިމޮކްރެސީއެއްގައި އެކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށް ސަނީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ސަބަބެއް ނެތި އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އިސްތިއުފާ އަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް އެއްވެސް ސަބަބެއް ނެތި ވަކި ސިޔާސީ މަގުސަދުތަކެއް ހާސިމް ކުރުމަށްޓަކައި ރައީސް ސާލިޙްގެ އިސްތިއުފާ ގޮވުމަކީ ވަރަށް ހުތުރު ލަދުވެތި ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ރައީސް ސާލިޙްއަށް ކަންކަން ނުކުރެއްވޭނަމަ އެ ކަންކަން ބެލުމަށްޓަކައި އުފައްދާފައިވާ ޕާޓީގެ އެތެރޭގެ ގުނަވަންތަކަށް އެ މައްސަލަތައް ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ރައީސް ސާލިޙްގެ އިސްތިއުފާ އަށް ގޮވާއިރު ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު އެފަދަ އެއްވެސް މައްސަލަ އެއް ޕާޓީގެ އެއްވެސް ގުނަވަނަކަށް ހުށަހަޅާފައި ނުވާ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި އެހެން ކަމުން ސަބަބެއް ނެތި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ޕާޓީގެ މެމްބަރުން މިއަދު ބޭނުން ވަނީ ޕާޓީ ހިންގާލާ ޕާޓީގެ އެތެރޭގައި ހުރި މިފަދަ މައްސލަތައް ހައްލު ކުުރުމަށް ކަމަށާއި އެކަން ކުރެވޭނީ ޕާޓީގެ ލީޑާޝިޕަށް ބަދަލުތަކެއް އައިސް ފައްޔާޒް އިސްމާއީލް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކޮށްގެން ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޕާޓީގެ ކަންކަން ހަރުދަނާ ކުރުމަށް ޕާޓީގެ ލީޑާޝިޕުން ކުރި އެއްވެސް ކަމެއް ނެތް ކަމަށާއި އިންތިހާބަކާއި ގުޅިގެން ނޫޏް ގޮތަކަށް ޕާޓީގެ ލީޑާޝިޕުން ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މިއަދު ޕާޓީއަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: