ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރުގެ ރިޔާސީ ކެމްޕޭން އަލުން ފަށައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް އަލުން ފަށައިފި އެވެ.

އުމަރު ނަސީރާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް މައްސަލައެއް ފޮނުވުމުން އެއަށް އިހުތީރާމް ކުރުމުގެ ގޮތުން ޢުމަރުގެ ރިޔާސީ ކެމްޕޭން ބަނީ ތިން މަހަށް މެދުކަނޑާލާފައެވެ.

އުމަރު ވިދާޅުވީ އެ މައްސަލަ ޕީޖީއަށް ހުށަހެޅިފަހުން މިއަދު ހަވީރަށް ތިންމަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުށެއް ސާބިތުކޮށް ނުދެވުމުން އަލުން ކެންޕޭން ފެށީ ކަމަށެވެ.

އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން ހާމަކުރި ގޮތުގައި އުމަރުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: