ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރޭނުން ރާއްޖެއައި ދަރިވަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

ޔޫކްރޭނުން ރާއްޖެއައި ދިވެހި ކިޔަވާ ކުދިންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ބައްދަލުކުރެއްވުން / ފޮޓޯ : ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރޭން- ރަޝިޔާ ހަނގުރާމައާއި ގުޅިގެން ޔޫކްރޭންގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދަރިވަރުންނާ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ އިވަނޯ އިން އައި ދަރިވަރުން ވަނީ އެއްގަމު މަގުން ދިގުދަތުރެއްކޮށް ހަންގޭރީގެ ބޯޑަރު ހުރަސްކުރުމަށްފަހު ރާއްޖެ އައިސްފައެވެ.

ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެކުދިންގެ ކިޔެވުން މިހާތަނަށް ކުރިއަށް ދިޔަގޮތް އޮޅުން ފިލުއްވާލައްވާފައެވެ. މީގެ އިތުރުން މިފަދަ ހާލަތެއްގައި  ކޮންމެ ދަރިވަރަކުވެސް އެދަރިވަރެއްގެ ކިޔެވުން ދެން ކުރިއަށްގެންދެވޭނެ ގޮތަކާއި މެދު ޔުނިވަރސިޓީއާއި ވާހަކަ ދެއްކުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޔޫކްރޭންގައި ތިބި ކިޔަވާ ކުދިން ރާއްޖެގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ފެށުނުތަނާހެން އެގައުމުގައި ކިޔަވަން ތިބި 30 ދަރިވަރަކުވަނީ ރާއްޖެ އައިސްފައެވެ. އަދި ބާކީ ތިބި 21 ދަރިވަރުންވެސް މިވަގުތު ވަނީ ރާއްޖެ އައިސްފައެވެ. ޔޫކްރޭންގައި ރާއްޖޭގެ ޖުމްލަ 51 ދަރިވަރަކު އައީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: